
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އިރުމަތީގައި ބޮޑު ލިތިއަމް ވަޅެއް އޮތް ސަރަޙައްދަކަށް ރަޝިޔާއިން އަތްގަދަ ކޮށްފިއެވެ. ރަޝިޔާގެ ފައުޖުތަކުން ވެރިވެގަނެފައި ވަނީ، ޔޫކްރެއިންގެ ދޮންޏެސްކުގައި އޮތް ޝެވްޗެންކޯ ކިޔާ އަވަށަކާއި، އެ އަވަށާ އިންވެގެންވާ ސަރަޙައްދަށެވެ. އެއީ، ރީޗާޖު ކުރެވޭ ބެޓެރީ އުފެއްދުމަށް ބޭނުން ކުރާ މައުދަނެއް ކަމުގައިވާ ލިތިއަމް ވަޅެއް އޮންނަ ސަރަޙައްދެކެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ޝެވްޗެންކޯގެ އިތުރުން އެ ސަރަޙައްދުގައި އޮތް އެހެން އަވަށެއް ކަމުގައިވާ ނޮވޯސެރްހީޔެވްކާ ވެެސް ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާނެ ކަމުގައެވެ.
ރަޝިޔާގެ އަތްދަށަށް ޝެވްޗެންކޯ ވެއްޓިފައިވާ ކަން ޔޫކްރެެއިނުން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް، 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ ބްލޮގުތަކުން ވެސް ވަނީ ރަޝިޔާ ސިފައިން ޝެވްޗެންކޯއަށް އަތްގަދަ ކޮށްފައިވާ ކަމުގައި ރިޕޯޓު ކޮށްފައެވެ. އެ ސަރަޙައްދަށް އަތްގަދަ ކުރުމަށް ރަޝިޔާއިން އެތަކެއް މަސްތަކެއް ވަންދެން ހަނގުރާމަ ކުރަމުން ގޮސްފައިވީ ނަމަވެސް، އެ ސަރަޙައްދު ދިފާޢު ކުރުމަށް ޔޫކްރެއިންގެ ފައުޖުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައެވެ.
ޝެވްޗެންކޯ ކައިރިން ލިތިއަމް ވަޅެއް ފެނިފައި ވަނީ 1982ވަނަ އަހަރުއެވެ. 40 ހެކްޓަރުގެ އެ ސަރަޙައްދުގައިވާ ލިތިއަމް ވަޅުން އެ މައުދަން މައިން ކުރުމުގެ މަސައްކަތް ފެށުމާ މެދު ރަޝިޔާއިން ވިސްނަމުންދާ ކަމުގައި، ދޮންޏެސްކުގެ އިދާރީ ހިންގުމާ ޙަވާލުވެ ހުންނެވި ރަޝިޔާގެ އިސް އޮފިޝަލް، އީގޮރް ކްލިމަކޮވްސްކީ ވިދާޅުވިއެވެ. އެއީ، ދްނީޕްރޯޕެތުރޮވްސްކް ސަރަޙައްދުގައި އޮންނަ ލިތިއަމް ވަޅެކެވެ. “އެ ސަރަޙައްދު ދިފާޢު ކުރުމަށް ޔޫކްރެއިނުން އެހާ ގިނަ އަދަދެއްގެ ސިފައިން ފޮނުވާފައި ވަނީ ލިތިޔަމް ވަޅުގެ ސަބަބުން،” ކްލިމަކޮވްސްކީ ވިދާޅުވިއެވެ. ޔޫކްރެއިންގެ އެކި ސަރަޙައްދުތަކުގައިވާ މައިންތަކުގައި 500,000 ޓަނުގެ ލިތިޔަމް ހުންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ސޫމީއަށް އަތްގަދަ ކުރުމަށް ރަޝިޔާގެ ވަރުގަދަ ކެމްޕޭނެއް
ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސޫމީއަށް އަތްގަދަ ކުރުމަށް ވެސް ރަޝިޔާއިން ދަނީ ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު، ޖެނެރަލް އޮލެކްސާންދްރް ސިރްސްކީ ވިދާޅުވީ، އެ ސަރަޙައްދަށް އަތްގަދަ ކުުރުމަށް މަސައްކަތް ކުރަމުންދާ ރަޝިޔާގެ ސިފައިންގެ ގިނަ ޙަމަލާތަކެއް ދިފާޢުކޮށް، އެ ކަމަށް ހުރަސް އަޅަމުންދާ ކަމުގައެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތެއްގައެވެ. ސޫމީ ސަރަޙައްދަށް އަތްގަދަ ކުރުމަށް ހިންގަމުންދާ އަސްކަރީ ކެމްޕޭން ރަޝިޔާއިން އިތުރަށް ވަރުގަދަ ކޮށްފައި ވަނީ ހޫނު މޫސުން ފެށުމާ އެކުގައެވެ. ނަމަވެސް، ސިރްސްކީ ވިދާޅުވީ ރަޝިޔާގެ ޙަމަލާތަކާއި، އެ ސަރަޙައްދަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ރަޝިޔާގެ ސިފައިން ހުއްޓުވައި، ފަހަތަށް ޖައްސާފައިވާނެ ކަމުގައެވެ. އަދި، އެ ސަރަޙައްދު ދިފާޢު ކުރުމަށް އިތުރު ހަތިޔާރު ބޭނުންވާ ކަމަށާއި، ދިފާޢުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ސޫމީއަކީ ރަޝިޔާގެ ކޫރްސްކާ އިންވެގެން އޮތް ސަރަޙައްދެކެވެ. ހުސްވި އަހަރުގެ އޮގަސްޓު މަހު ޔޫކްރެއިންގެ ލަޝްކަރުން ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ކޫރްސްކަށް އަރައި، ބައެއް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކޮށްފައެވެ. ނަމަވެސް، ރަޝިޔާގެ ސިފައިން ވަނީ ޔޫކްރެއިންގެ ފައުޖުތައް ފަހަތަށް ޖައްސައި، އެ ސަރަޙައްދު މިނިވަން ކޮށްފައެވެ. ޔޫކްރެއިންގެ ސިފައިން ކޫރްސްކަށް އެރުމާ ގުޅިގެން ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގުގައި ބަފަރ ޒޯނެއް ނުވަތަ ސަލާމަތީ ސަރަޙައްދެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އޭޕްރިލް މަހު އިޢުލާނު ކުރެއްވިއެވެ.
ސޫމީއަށް އަތްގަދަ ކުރުމަށް ހިންގާ ކެމްޕޭން ރަޝިޔާއިން ވަރުގަދަ ކޮށްފައި ވަނީ އެއަށް ފަހުއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، އެ ސަރަޙައްދަށް އަތްގަދަ ކުރުމަށް ރަޝިޔާއިން ފޮނުވާފައިވާ ލަޝްކަރުގައި 50،000އަށްވުރެ ގިނަ ސިފައިން ހިމެނޭ ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި 10 ކިލޯމީޓަރުގެ ފުޅާ ބަފަރ ޒޯނެއް ޤާއިމު ކުރުމަށް ރަޝިޔާގެ ސިފައިން މަސައްކަތް ފަށާފައިވާ ކަން އޭނާ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
