
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ބަދަލު ކުރާ ކުޅުންތެރިންގެ އިންޓަވިއުތައް ނަގަން ހަމަޖައްސައިފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ހުރާ މެޗެއްގައިވެސް މެޗުގެ ތެރޭގައި ބަދަލު ކުރާ ކުޅުންތެރިންގެ އިންޓަވިއުތަކުގެ އިތުރުން ޗޭންޖިން ރޫމަށް ވަދެ ވީޑިއޯ ކުރުމުގެ ހުއްދަވެސް ބްރޯޑްކާސްޓިން ރައިޓްސް އޮންނަ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސް އޮންނަ ޓީއެންޓީ އަދި ސްކައި ސްޕޯޓްސް އަށް މި ހުއްދަ ދޭން ނިންމާފައިވަނީ ޕްރިމިއާ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސް އެ ފަރާތްތަކަށް އިތުރު ހަތަރު އަހަރު ދިނުމަށް ހެދުނު އައު އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ޕްރިމިއާ ލީގަށް ބްރޯޑްކާސްޓިން ރައިޓްސް އިން ޖުމްލަ 6.6 ބިލިއަން ޕައުންޑް ލިބިގެންދާނެ އެވެ.
ޕްރިމިއާ ލީގުގައި އަލަށް ބަދަލު ކުޅުންތެރިންނާއި ޗޭންޖިންގ ރޫމު ވީޑިއޯ ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މިއީ އެމެރިކާގައި މިހާރުވެސް ކުރަމުންދާ ކަމެކެވެ. މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ބަދަލު ކުޅުންތެރިންނާއި އިންޓަވިއު ކުރުމުގެ ކުރިން އެ ކުޅުންތެރިންނާއި އިންޓަވިއު ކުރުމުގެ ކުރިން ހަމަޖެހިލުމަށް ވަގުތު ދޭނެ ކަމަށާއި އަދި ޗޭންޖިންގ ރޫމް ވީޑިއޯ ކުރާއިރު ކޯޗުން ޓީމާއި ވާހަކަ ދައްކާއިރު އެ ފުރުސަތު ވީޑިއޯ ކުރުމުގެ ހުއްދައެއް ނުލިބޭނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
