
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ސާބިތުކޮށްދެނީ ކޮންމެ ހާލެއްގަވިޔަސް ފުޓުބޯޅަ ކުޅޭހިތްވާކަންކަމަށާ، މިއީ ވަކި ޖިންސަކަށް އޮތް ކުޅިވަރެއް ނޫންކަން އެޓީމުން ދައްކުވައިދޭ ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އާތިފް (އާތި) ބުނެފިއެވެ. އާތިފް މިހެން ބުނެފަވަނީ އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ވިއެޓްނާމާ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ. އާތިފް ބުނީ ދިވެހި ފުޓްބޯޅަ އޮތް ހާލަތަށް ބަލާ ނަމަވެސް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން ދައްކަމުންދަނީ ނަމޫނާއެއްކަމަށެވެ. އަދި ހާލަތުގެ ދަތިކަމާއެކުވެސް ވަރަށް ޖޯޝާއި ފޯރީގައި ޓީމުން ފަރިތަކުރުންތައް ބާއްވަމުން ދިޔަކަމަށެވެ. “ފުރަތަމަވެސް މި އަންހެން ޓީމު މުބާރާތަށް މިތައްޔާރުވީ ފުޓްބޯޅަ އެސޯސިއޭޝަން ނުވަތަ ފުޓުބޯޅަ ވަރަށް އެހެން ކަހަލަ ފައްތަރެއްގަ އޮއްވާ، އެކަމަކުވެސް ހިންމަތާ މިންނަތުން މަސައްކަތް ކުރީ މިކުދިން ރާއްޖެއަށް ދައްކަދިނީ އަސްލު މި ރާއްޖޭގެ ފުޓުބޯޅައިގަ އަންހެން ފިރިހެން މިތިބީ ބޯޅަ ކުޅެންކަން، ކޮންމެ ހާލަތެއްގަ ނަމަވެސް ބޯޅަ ކުޅެން ބޭނުންވާކަން” އާތިފް ބުނެފަވެއެވެ.
އާތިފް ބުނީ ފުޓުބޯޅަ ދިރުވާ އާލާކުރުމަށް ހުރި ދަތިތައް ފިލުވާ މިކުޅިވަރުން މުސްތަގުބަލެއް ހޯދައިދިނުމަށް މިދާއިރާގެ އެންމެން މަސައްކަތްކުރާނެކަމަށް އުންމީދުކުރާކަމަށެވެ. ފުޓްބޯޅަ ތަރައްގީވެގެންދާނީ އެކަށީގެންވާ ވަސީލަތްތައް ލިބިގެންކަމަށާ، އެކަންކަން އަވަސް މުސްތަގުބަލެއްގައި ފަހިވެގެންދިއުމަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށްވެސް ކޯޗު ބުންޏެވެ. “މިކުދިންނަށް ނޫނީ ބޯޅަ ކުޅެން ބޭނުންވާ މީހުންނަށް މިއަށްވުރެ ރަނގަޅު މުސްތަގުބަލެއް ހޯދައިދޭނެކަމަށް މިބަލަނީ، ދިވެހިރާއްޖޭގެ ހުރިހާ ކުޅިވަރުގެ ވަސީލަތްތަކުން، ޚާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަނާ މިނިސްޓްރީއާއި ސަރުކާރުން” އާތިފް ބުނެފަވެއެވެ.
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފައިންގައި ދިވެހިރާއްޖެއިން ވިއެޓްނާމާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހެވެ. އާތިފް ބުނީ އެމެޗަށް ޓީމުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ. އާތިފް ބުނީ ވިއެޓްނާމަކީ ވަރުގަދަ ޓީމެއްކަމަށާ އެހެންނަމަވެސް އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުންކަމަށެވެ. ރާއްޖެގެ އަންހެން ފުޓުބޯޅަ ޓީމުން މުބާރާތަށް ތައްޔާރުވީ ވަރަށް ރަނގަޅު އެޓިޓިއުޑްއެއްގަކަމަށާ، އުންމީދަކީ ވަރަށް ރަނގަޅު ކުޅުމެއް ދެއްކުންކަމަށް އާތިފް ބުންޏެވެ. އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފައިންގައި ރާއްޖެއިން ޖުލައި މަހުގެ ދެވަނަ ދުވަހު ގުއާމާ ވާދަކުރާ މެޗު ތާވަލުކޮށްފަވާއިރު، ތިންވަނަ މެޗުގައި ނިކުންނާނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
