
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށް އަލުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދާއިމީ މެންބަރުކަން ދީފިއެވެ. އެ ދެ ކުލަބަކަށް އަލުން މެންބަރުކަން ދިނުމަށް އަސާސީގަވާއިދުގައި ހިމަނާ ހާޒިރުވި 21 މެންބަރުން އިއްތިފާޤުން އެފްއޭއެމްގެ އަސާސީގަވާއިދު ވަނީ އިއްޔެ ފާސްކޮށްފައެވެ. މިއާއެކު އަންނަ މަހުގެ 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނިއުރޭޑިއަންޓާއި ވިކްޓްރީއަށްވެސް ލިބޭނެއެވެ. މި ބަދަލާއެކު ނިއުރޭޑިއަންޓާއި ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓު ދިނުމުގެ ފުރުސަތު ފަހިވާނެއެވެ. މި ދެކުލަބަކަށް އެފްއޭއެމްގެ މެންބަރުކަން މި ލިބުނީ ހަ އަހަރަު ދުވަހަށްފަހުއެވެ.
އެންމެ ފަހުން ނިއުރޭޑިއަންޓް އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވީ 2018 ވަނަ އަހަރެވެ. އޭގެފަހުން އެފްއޭއެމުން ވަނީ ނިއުރޭރިއަންޑް ސަސްޕެންޑް ކޮށްފައެވެ. އެކުލަބު ސަސްޕެންޑް ކުރީ މުސާރައިގެ މައްސަލައިގައިއެވެ. ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ 2019 ގައެވެ. އެ ކުލަބު ވެސް މުސާރައިގެ މައްސަލައިގައި 2019 ވަނަ އަހަރު ސަސްޕެންޑް ކުރިއެވެ.
ދެ ކުލަބުންވެސް މުސަަރައިގެ މައްސަލަ ހައްލުކުރުމުން 2022 ގައި ވަނީ ސަސްޕެންޝަން އުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
