
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮންގްރެސް ބާއްވައި، އެ އިދާރާގެ ހިންގާ ގަވާއިދު އިސްލާހުތަކާއެކު ފާސްކޮށްފިއެވެ. އިއްޔެ ފާސްކުރެވުނު ހިންގާ ގަވާއިދަކީ ފީފާއާއި އޭއެފްސީގެ ލަފަޔާއެކު، އެފްއޭއެމްގެ މެމްބަރުންގެވެސް މަޝްވަރާގެ މަތިން ފީފާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލެވި، އިސްލާހުތަކަކާއެކު ފާސްކުރެވުނު ގަވާއިދެކެވެ. މިގަވާއިދުގައި މުހިންމު ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން ފުރަތަމަ ޑިވިޝަނާ ދެވަނަ ޑިވިޝަނުގައި މިހާރު ކުޅެމުންދާ އެންމެހާ ކުލަބުތައް މެމްބަރުންގެ ގޮތުގައި ކަނޑައެޅުމާއި، އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަންޖެހޭ ގޮތަށް އިންތިޤާލީ މާއްދާގައި ބަޔާންކުރުން ހިމެނެއެވެ. މިގޮތުން ކުޅިވަރު ޤާނޫނަށް ގެނެވުނު އެންމެފަހުގެ އިސްލާހުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއި، ހިންގާ ގަވާއިދުގެ ދަށުން އެ އެސޯސިއޭޝަންތައް ގާއިމުކުރުން ހިމެނެއެވެ.
އެފްއޭއެމްގެ ޢާންމު ކޮންގްރެސްގައި ފާސްކުރެވުނު ހިންގާ ގަވާއިދުގައިވާގޮތުން، ރީޖަނަލް މުބާރާތްތައް ބޭއްވުމަށް ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން އިޚްތިޔާރުދިނުމާއި، ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑެއް އެކުލަވާލާ ކޮންގްރެސްއަށް ހުށަހަޅަންޖެހޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ހިންގާ ކޮމިޓީގައި މަދުވެގެން ދެ އަންހެން މަންދޫބުން ތިބެންޖެހޭކަމަށްވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ކޮންފްލިކްޓް އޮފް އިންޓްރެސްޓް އަދި އިންޓެގްރިތީ ޗެކްސް ހިމެނުން ހިމެނެއެވެ.
މާލީގޮތުން ގެނައި އިސްލާހުތަކުގެ ދަށުން، މާލީ ހިންގުމާ ބެހޭ މަޢުލޫމާތާއި، އޮޑިޓް ރިޕޯޓާއި، އޮޑިޓް އެންޑް ކޮމްޕްލެޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓާއި، ހިންގާ ކޮމިޓީގެ މެމްބަރުންނަށްދޭ މުސާރައާއި އިނާޔާތްތަކާބެހޭ މައުލޫމާތު ޝާއިއުކުރަންޖެހޭގޮތަށްވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފައިސާގެ ބޮޑެތި މުޢާމަލާތްތަކާއި، ޚަރަދުތަކާއި، އިންވެސްޓުމަންޓުތަކާއި، އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން ނޫންގޮތަކަށް ނުކުރެވޭ ގޮތަށްވަނީ ކަނޑައަޅާފައެވެ.
މިއަދު ކުރިއަށް ދިޔަ މި ކޮންގްރެސްގެ ތެރެއިންވަނީ އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޯޑުވެސް ފާސްކޮށްފައެވެ. އަދި މި ކޮންގްރެސްގެ ތެރެއިން އައު ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވާނެ ތާރީޚުވެސްވަނީ ކަނޑައަޅާފައެވެ. މިގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ އެއް އަހަރުދުވަހުގެ މެންޑޭޓް ހަމަވުމުގެ ކުރިން އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް 26 ޖުލައި 2025ގައި އިންތިޚާބީ ޖަލްސާ ބޭއްވުމަށްވެސް ވަނީ ފާސްކުރެވިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
