
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025 ވަނަ އަހަރުގެ އާންމު ޖަލްސާ އިއްޔެ އޮމާންކަމާއެކު ބާއްވައިފިއެވެ. މިކޮންގްރެސްއަކީ ފީފާއިން އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރިފަހުން ބޭއްވި ފުރަތަމަ ކޮންގްރެސްއެވެ. ހެންވޭރު މީރުމާގައި ކުރިއަށްދިޔަ މި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާރމަން އަހުމަދު މުޢިއްޒުގެ އިތުރުން އެކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އޮފިޝަލުންވެސްވަނީ މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒުވެސް ހިމެނިވަޑައިގަންނަވައެވެ.
ތިން އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭއެމްގެ ޢާންމު ކޮންގްރެސް މިއަދު ބޭއްވިގެން ދިޔައިރު، މި ކޮންގްރެސްގައި ގިނަ ކަންތައްތަކެއްވަނީ ފާސްކޮށްފައެވެ. މިގޮތުން އެފްއޭއެމްގެ 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، އެ އަހަރުތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހުށަހަޅާ ފާސްކުރެވުނެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުވެސް މި ކޮންގްރެސްއިންވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށްވާ އެފްއޭއެމްގެ ހިންގާ ގަވާއިދުވެސް މިއަދުވަނީ ފާސްކޮށްފައެވެ. މިގަވާއިދު ފާސްކުރެވުނީ، ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ހުށަހެޅުމުން، ހާޒިރުވި މެމްބަރުންގެ އިންތިފާގުންނެވެ.
މިއަދު އިސްލާހުކުރެވުނު ހިންގާ ގަވާއިދަކީ ފީފާއާއި އޭއެފްސީގެ ލަފަޔާއެކު އަދި އެފްއޭއެމްގެ މެމްބަރުން އެކި ފަހަރުމަތިން މަޝްވަރާކުރެވި، ފީފާއިން ކަނޑއަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ. 2022 ވަނަ އަހަރަށްފަހު މިއަދު މި ބޭއްވުނު އެފްއޭއެމްގެ ޢާންމު ކޮންގްރެސްއަށް 15 ކުލަބަކުން ހާޒިރުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
