
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދު ފުދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ވީ ވަޢުދާ އެއްގޮތަށް، މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ފަށާފައިވާކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިގެން ދިއުމާ ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
ރ އަދި ބ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ރ.އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ޚިދުމަތް ފަށަނެކަމަށެވެ.
ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން.
ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ…
— Dr Mohamed Muizzu (@MMuizzu) June 26, 2025
އެކްސްފައި ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޢުދާ އެއްގޮތަށް ރ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، ޖުލައި މަސް ނިމުމުގެ ކުރިން ބ އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގައިވެސް ޚިދުމަތް ފައްޓަވާނެކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށްދާކަމަށެވެ. އަދި ސަރުކާރުގެ ޢަމާޒާ އެއްގޮތަށް ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެކަމަށެވެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރ. އަތޮޅުގައި ފުރަތަމަ ފަށާފައިވަނީ ތަޖުރިބާ ދަތުރުތަކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 15 އަށް އޮންނައިރު، 3 ރޫޓަކަށް އެ އަތޮޅުގައި ދަތރުރުތައް ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
