
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ހުރްމުޛް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރުގައި ބޭނުން ކުރާ ނެވިގޭޝަން ނިޒާމަށް އަމާޒުކޮށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތައް އިތުރުވެފައިވާ ކަން ފާހަގަކޮށް، އެ ފަދަ އަމަލުތަކާ ގުޅިގެން އެ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ކަނޑުގެ ސިފައިންގެ އިއްތިޙާދަކުން ހާމަކޮށްފިއެވެ. ހުރްމުޛް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކޮށްގެން ޙަމަލާ ދިނުން އިތުރުވެފައި މި ވަނީ އީރާނާއި ޔަހޫދީންނާ ދެމެދު ޖޫން 13ވަނަ ދުވަހުން ފެށިގެން ޙަމަލާ ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޔަހޫދީންނެވެ. އަސްކަރީ ޑްރޯނާއި މަތިންދާބޯޓު ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސްވެރިންނާއި ނިއުކްލިޔަރ ސައިންޓިސްޓުންނަށެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދެމުންނެވެ. ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް، ޚައިފާއަށެވެ.
އެމެރިކާއިން އިސްވެ އުފައްދާފައިވާ ކަނޑުގެ ސިފައިންގެ އިއްތިޙާދުގެ މުއާޞަލާތީ އިދާރާ (ޖޭއެމްއައިސީ)ން ބުނީ، އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށި ފަހުން ހުރްމުޛް ކަނޑުގެ އިތުރުން ގަލްފުގެ ސަރަޙައްދުން ދަތުރު ކުރާ އާގުބޯޓުފަހަރުގެ ނެވިގޭޝަން ނިޒާމަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތައް އިތުރުވެފައިވާ ކަމުގައެވެ. “(އީރާންގެ) ބަންދަރު ޢައްބާސް، ހުރްމުޛް ކަނޑު އަދި ޢަރަބި ގަލްފުގެ ސަރަޙައްދުން ދަތުރު ކުރަމުންދާ ވިޔަފާރި އުޅަނދުފަހަރުގެ ނެވިގޭޝަން ނިޒާމަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކޮށްގެން ޙަމަލާ ދިނުން އިތުރުވެފައިވާ ކަމުގެ ރިޕޯޓުތައް ޖޭއެމްސީއަށް ދަނީ ލިބެމުން،” އެ އިދާރާއިން ބުންޏެވެ.
“އެ ފަދަ ޙަމަލާތަކާ އެކު މުޅި ގަލްފުގެ ސަރަޙައްދަށް ދަނީ ނޭދެވޭ އަސަރުތައް ކުރަމުން. އޮޓޮމޭޓެޑް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) މެދުވެރިކޮށް އުޅަނދުފަހަރު އޮތް ސަރަޙައްދުގެ މަޢުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާ ކުރުމަށް ވަނީ ހުރަސް އެޅިފައި، އަދި ކަނޑު ދަތުރުފަތުރުގެ ސަލާމަތަށް ދަނީ ނުރައްކާވަމުން،” އެ އިދާރާއިން ހާމަކުރިއެވެ. ހުޅަނގުގެ ބާރުތަކުން އީރާނަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ނަމަ، ހުރްމުޛް ކަނޑުގެ ދަތުރުތަކަށް ހުރަސް އަޅާނެ ކަމަށް ބުނެ އީރާނުން މީގެ ކުރިން އޮތީ އިންޒާރު ދީފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން ހުރްމުޛް ކަނޑުން ކުރާ ދަތުރުތަކަށް ހުރަސް އެޅިއްޖެ ނަމަ، އެ ކަމުގެ ލޮޅުންތަކުގެ އަސަރު ދުނިޔޭގެ ބާޒާރަށް ކުރާނެ ކަމަށް ބުނެ، ވިޔަފާރީގެ ދާއިރާގެ މާހިރުން އޮތީ އިންޒާރު ކޮށްފައެވެ. ހުރްމުޛް ކަނޑަކީ، ދުވާލެއްގެ މައްޗަށް ބޭނުން ކުރެވޭ ތެލުގެ ފަސްބައިކުޅަ އެއްބައި ކަނޑުމަގުން އުފުލާ މައި މަގެވެ. އެ މަގުގެ ދަތުރުތަކަށް ހުރަސް އެޅިއްޖެ ނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެންދާނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.
ހުރްމުޛް ކަނޑާއި ގަލްފުގެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރުގެ ނެވިގޭޝަން ނިޒާމަށް އަމާޒުކޮށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކޮށްގެން ޙަމަލާތައް ދެމުންދާ ކަމުގައި، ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ން ވެސް ވަނީ ބުނެފައެވެ. ނަމަވެސް، އެ އަމަލުތަކުގެ ފަހަތުގައި އޮތީ ކޮން ޤައުމެއް ކަން އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
