
ހ. ފެންޓެނޯއީ ގޭގެ މަތިން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި މިނިވަން ތަޙުޤީޤެއް ހިންގުމަށް އެކުލަވާލެއްވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަންގެ ރިޕޯޓް ވަގުތުން އާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ޤަރާރަކުން އިންކުއަރީ ކޮމިޝަން އުފެއްދެވީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނާ ޙަވާލުކުރި މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާކަމަށެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮމިޝަނުގެ ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ވަގުތުން އާންމުކުރެއްވުމަށް މިހާރު އަންގަވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މިފަދަ ކޮމިޝަނެއްގެ ރިޕޯޓެއް ދެފުށް ފެންނަ ގޮތަށް ވަގުތުން ހާމަކުރުމަށް ރައީސަކު އެންގެވި ފުރަތަމަ ފަހަރެވެ.
Received the report from the Commission. Instructed to publish it in full. https://t.co/fF0l8sWxl1
— Dr Mohamed Muizzu (@MMuizzu) June 17, 2025
ކޮމިޝަންގެ މަސައްކަތްތަކަށް ބަލާއިރު، ކޮމިޝަނުން ވަނީ މި މައްސަލައާއި ގުޅިގެން ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްފައެވެ. އަދި މި މައްސަލައިގައި އާއްމުންގެ ފަރާތުން މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލެއް ހުޅުވާލާ، މަޢުލޫމާތު އެއްކޮށްފައިވެއެވެ. އޭޕްރިލްމަހުގެ 18 ވަނަ ދުވަހު ހެނދުނު ހެންވެއިރު ގެއެއްގެ ފުރާޅުމަތީގައި ޒުވާނަކު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ހެނދުނު 07:23 އެހާއިރުއެވެ. 21 އަހަރުގެ ޔުމްނު އަންނަނީ، ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުންނެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ދެ ފުލުހަކު މެލޭޝިއާގައި ތިބިކަމަށް، ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.
މި މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އޭނާގެ މައްޗަށް އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ ވަނީ ކޮށްފައެވެ. ރައުދުގެ މައްޗަށް ދައުވާ ކުރަނީ އެޕްރީލް 18 ވަނަ ދުވަހު ފަތިހު 04:54 އެހާކަށްހައިއިރު ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީއެވެ. ރައުދުގެ މައްޗަށް މިމައްސަލާގައި ކުރި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހެވެ.
ހ. މިޓާޒް ގޭގެ މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި، ގިނަ ތުހުމަތުތަކެއް އެކި ފަރާތްތަކަށް ކުރެވުނު ނަމަވެސް، އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަން ސީސީޓީވީ ފުޓޭޖު މެދުވެރިކޮށް ފުލުހުން ވަނީ ޔަޤީންވެސް ކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
