
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މި ދަތުރުފުޅަކީ 6 ވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމްއާއި 9 ވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ގޮތުން ފޯރަމާއި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަޙްމަދު ނާޒިމްގެ މި ދަތުރުފުޅަށް ޚަރަދުކުރައްވަނީ ޗައިނާއިންނެވެ. ސައުތު އޭޝިއާ ޗައިނާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 17ން 21އަށް ޗައިނާގެ ކުންމިންގައެވެ. ނައިބު ރައީސާއެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރާއި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސްވެސް ޗައިނާއަށް ވަނީ ފުރާވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ތަފާތު 3 ވޯޓެއް، ކޮންމެ ވޯޓެއްގައިވެސް ރައްޔިތުންގެ އަޑު އިއްވުން މުހިންމު!
(ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ...
“އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން ޚާއްސަ މަޖިލީހުގައި މަޝްވަރާކޮށްފައިވޭ”
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ކުރިން މަޝްވަރާކޮށްފައި ނުވާ ކަމަށް ދެކެވޭ ވާހަކަތައް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު...
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާޢީދު
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފިއެވެ....
ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ހާރިޖީ...
އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ؛ އީދު ހަވީރު 3 ދުވަހަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން...
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ގައި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ) މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ...
