
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އައު އެކްރެޑިޓޭޝަން ގަވައިދު އައުމާއެކު 2022ގެ ކުރިން ހިނގަމުންއައި ކޯސްތައް 2027ގެ ނިޔަލަށް އަލުން ހުއްދަ ނުހޯދާނަމަ އެ ކޯސްތައް ބާތިލްވާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ. ފިޒާނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖޭމިއަދު ޕްރޮގްރާމްގައި އެމްކިއުއޭގޭ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ އެ އޮތޯރިޓީގެ މެންޑޭޓުގެ ތެރޭގައި ކޯސްތަކަށް އެކްރެޑިޓޭޝަންދިނުން ހިމެނޭކަމަށެވެ. އެގޮތުން މަތީ ތަޢުލީމާއި ބެހޭ ވުޒާރާގައި ރަޖިސްޓްރީވާ ހުރިހާ ތަނަކުން އިންސިޓިއުޓްއެއްގެ ގޮތުގައި ރަޖިސްޓްރީ ވާނަ އެމްއެމްކިއުއެފް ލެވެލް 1 އަކުން 10އަކަށް ކޯހެއް ހިނގާނަމަ ހުއްދަ ހޯދަން ޖެހޭނެއެވެ.
ފިޒާނާ ވިދާޅުވީ އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ނުލާއި އެއްވެސް ކޯހެއް އިޝްތިހާރުކުރުމަކީ މަނާކަމެއްކަމަށެވެ. އެގޮތުން ކޮލެޖަށް ގޮސް ނުވަތަ ހާޒިރުވެގެން ކުރިއަށް ގެންދަން ހުއްދަދީފައިވާ ކޯހެއް އޮންލައިންކޮށް ކުރިއަށް ގެންދަން އިޝްތިހާރު ނުކުރެވޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވިލާ ކޮލެޖް)
އައު އެކްރެޑިޓޭޝަން ގައިޑްލައިންގެ ދަށުން މިއަދާ ހަމައަށް 565 ކޯހަކަށް އެކްރެޑިޓޭޝަން ދެވިފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ މިހާތަނަށް 132 ކޯހަކަށް އެކްރެޑިޓޭޝަން ދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ 2027ގެ ނިޔަލަށް 2022 ވަނަ އަހަރުގެ ކުރިއަށް އެޕްރޫވްކޮށްފައިހުރި އެއްވެސް ކޯހެއް ނުހިނގޭނެކަމަށެވެ. އެ ކޯސްތައް ހިނގަން ބޭނުންނަމަ އަލުން ހުއްދަ ހޯދަން ޖެހޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ.
“މީގައި ސަމާލުވާން ހުރިހާ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުން ޖެހިލައްވާނެ ކަމަކީ 2027ގެ ނިޔަލަށް 2022ގެ ކުރިއަށް އެޕްރޫވްކޮށްފައި ހުރި އެއްވެސް ޕްރޮގްރާމްއެއް ނުހިންގޭނެ. އަލުން އެކްރެޑިޓޭޝަން ހޯދައިގެން ޕްރޮގްރާމްތައް ހިންގޭނީ. ބާތިލްވެގެންދާނެ މި ދުވަސްކޮޅުގެ ތެރޭގައި މި 2 އަހަރު ދުވަހުގެ ތެރޭގައި އެ ބޭފުޅުން އެކްރެޑިޓޭޝަން ނުހޯދާފިނަމަ” ފިޒާނާ ވިދާޅުވިއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީއަކީ ރާއްޖޭގައި ހިންގާ ކޯސްތައް، ޤައުމީ ސަނަދުގެ މިންގަނޑުތަކަށް ލެވެލްކުރުމާއި، މިފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަދޭ ފަރާތެވެ.
ހުއްދަ ދެއްވާފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ޚިލާފަށް، މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާކަމަށް އާންމު ފަރާތްތަކުން އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
