
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިތުބާރުހުރި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކްގައި ބޭއްވި މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ނިއު ޔޯކްގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ މީގެ ކުރިން އިޤުތިޞާދީ ގޮތުން ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން ދިމާވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެ، ރާއްޖެއަކީ ސަރަހައްދީ ގޮތުން އެކަނިވެރި ޤައުމެއް ނަމަވެސް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށް ރާއްޖެވީ ގޮތުގެ މައްޗަށް ރައީސް ވަޙީދު އަލިއަޅުވާލެއްވިއެވެ. އަދި ކޮވިޑު 19ގެ ވަބާއިންވެސް އަވަސް ގޮތެއްގައި ރާއްޖެއިން އަރައިގަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަޙީދު ވަނީ ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާއި ރާއްޖޭގެ އިޤުތިޞާދާއި މާލިއްޔަތަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތު ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި އިންޓަނޭޝަނަލް މޮނެޓަރީ ފަންޑުން އަންދާޒާކޮށްފައިވާ ގޮތުން ރާއްޖޭގެ އިޤުތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެ ކަމަށެވެ. ރައީސް ވަޙީދު ވިފާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ އިސްލާޙީ މަސައްކަތްތަކާއެކު އިންވެސްޓަރުންނަށް ފަހި މޫސުމީ ބަދަލުތަކަށް ވިލުންތެރި އިތުބާރާއި ހާމަކަން ބޮޑު މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
ރައީސް ވަޙީދު ވިދާޅުވީ ކުރިމަގުގައިވެސް މާލީ އަދި އިޤުތިޞާދީ ގޮތުން ރާއްޖެއިން ޙާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި “ވިޝަން 2040” ގައި ހިމެނޭ ލަނޑުދަނޑިތަކާ ބެހޭ ބައެއް މަޢުލޫމާތު ރައީސް ވަޙީދު ޙިއްސާކުރެއްވިއެވެ. “ވިޝަން 2040″އަކީ ރާއްޖޭގެ 75 ވަނަ މިނިވަން ދުވަހުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނުމަށް އަމާޒު ހިފާފައިވާ ތަޞައްވުރެކެވެ. މި ތަޞައްވުރުގެ ތެރެއިން ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުވެ، ވިލުންތެރިވާނެކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.
ރައީސް ވަޙީދުގެ ވާހަކަފުޅުގައި ރާއްޖޭގެ މާލީ ސިނާޢަތު ކުރިއެރުވުމަށް ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެ ގޮތުން މޯލްޑިވްސް ފައިނެންޝަލް ސެންޓަރު އެފެއްދެވުމާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމާއި ދެމެހެއްޓެނިވި އަރބަން ސެންޓަރުތަކެއް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނިއު ޔޯކްގެ އިތުރުން ފުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމްތައް ދަނީ ބާއްވަމުންނެވެ. މި ފޯރަމްތަކުގެ މަޤުޞަދަކީ ރާއްޖެއަށް އިންވެސްޓަރުން ގެނެސް، އިޤުތިޞާދު ފުޅާކުރުމެވެ. މިއީ ރާއްޖޭގެ އިޤުތިޞާދު ވަރުގަދަކޮށް، މާލީ އަދަވަޅުތަކުން އަރައިގަތުމަށް މި ސަރުކާރުން ފަށްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
