
(ފޮޓޯ ކްރެޑިޓްސް: ޕްރެސް ޓީވީ)
ގިނަ ޢަދަދެއްގެ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ޔަހޫދީންގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ. ޔަހޫދީންގެ ވެރިރަށް ކަމަށްވާ ތެލް އަވީވުގެ ގިނަ ސަރަޙައްދުތަކަށް އަމާޒުކޮށް އީރާނުން ދިން ޙަމަލާތައް ވަނީ ގިނަ ގަޑިއިރުތަކަކަށް ދެމިގެން ގޮސްފައެވެ. އެ ޙަމަލާތައް ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާދުގެ މަރުކަޒަކަށް ވެސް ޢަމާޒުވެފައިވާ ކަމަށް ބެލެވެއެވެ. އެ މަރުކަޒު ކަމަށް ބެލެވޭ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ވަނީ ފެނިފައެވެ. އެ ޙަމަލާ ދިފާޢުކުރުމަށް ޔަހޫދީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އޭގެ އިތުރުން ޔަހޫދީންގެ އަސްކަރީ ހަތިޔާރު އުފައްދާ ކާރުޚާނާތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ޙަމަލާތައް ޢަމާޒުކޮށްފައިވެއެވެ.
އީރާނުގެ އިންޤިލާބީ ފައުޖުން ބުނީ ހަނގުރާމަ އައު ހަރުފަތަކަށް ފުޅާވެފައިވާ ކަމަށާއި އައު ހަތިޔާރާއި އީޖާދުތައް ބޭނުންކޮށްގެން ދުޝްމަނުންނާ ކުރިމަތިލަމުންދާ ކަމަށެވެ. އަދި ދިގުދެމިގެންދާ ކުރިމަތިލުމަކަށް އީރާނުން ވަނީ ތައްޔާރުވެފައިވާ ކަމަށް ވެސް އިންޤިލާބީ ފައުޖުން ބުނެއެވެ. އެ ގޮތުން ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ހުއްޓުމެއް ނެތި ޔަހޫދީންގެ 545 މަޤާމަށް ޙަމަލާ ދީފައިވާނެ ކަމަށް ވެސް އީރާނުގެ އިންޤިލާބީ ފައުޖުން ވަނީ ބުނެފައެވެ. އީރާނުން ދެމުންދާ ޙަމަލާތައް ވަރުގަދަވެފައިވަނިކޮށް ޔަހޫދީން ވަނީ އެ މީހުންނަށް ލިބެމުންދާ ގެއްލުންތަކުގެ ފޮޓޯ އަދި ވީޑިއޯ ޢާންމުނުކުރަން ޢަމުރުކޮށްފައެވެ. އަދި ބައެއް ބޭރުގެ ނޫސްވެރިންގެ ކެމެރާފަދަ ސާމާނު ވަނީ އަތުލައިފައެވެ. އޭގެ އިތުރުން ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ކެމެރާތައް ވެސް ވަނީ ނިއްވާލައިފައެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުުވައި މިސައިލް ޕްރޮގްރާމް ނައްތާލުމުގެ ނަމުގައި ޔަހޫދީން ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ 20 ކޮމާންޑަރުންނާއި ނިއުކްލިޔަރ މަޝްރޫޢުގައި އިސްކޮށް ޙަރަކާތްތެރިވާ ހަ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. އެ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ވަރުގަދަތައް ޙަމަލާ ޔަހޫދީ ދައުލަތަށް ދަނީ ދެމުންނެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން 1،000 މިސައިލް އަދި ޑްރޯން ޙަމަލާ ދީފައިވާ ކަމަށް އދގެ ޔަހޫދީ މަންދޫބު، ޑެނީ ޑެނޮން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
