
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް ބައިނަލްއަޤްވާމީ 17 އެއަރލައިނަކުން މިހާރު ގުޅިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓްއިން ވިދާޅުވެއްޖެއެވެ.ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތަކީ މި ސަރުކާރުން ރާއްޖޭގައި މުޅިން އައު ޚިދުމަތެއްގެ ގޮތުގައި ފެށި ޚިދުމަތެކެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް އަހަރެއްގެ ތެރޭގައި މީގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ. ފުރަތަމަ މި ޚިދުމަތައް ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އެމްއޭސީއެލްއިން ވިދާޅުވީ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް މިހާރު ބައިނަލްއަޤްވާމީ 17 އެއަރލައިނަކުން ގުޅިފައިވާކަމަށެވެ. އަދި ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ފޮނުވާ ކާގޯ ދުނިޔޭގެ 23 މަންޒިލަކަށް ފޮނުވަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި ޚިދުމަތައް 1 އަހަރު ވީއިރު 2 މިލިޔަން ކިލޯގެ ކާގޯ ވަނީ އުފުލާފައެވެ.
ސީ-ޓު-އެއަރ ކާގޯ މިމަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
