
(ފޮޓޯ ކްރެޑިޓްސް: މީރާ)
ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން ތަންފީޒީ ފިޔަވަޅުތަކާއެކު، 3.7 ބިލިޔަން ރުފިޔާ ހޯދައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ. މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ދައުލަތައް ނުލިބިހުރި ފައިސާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ. މީރާއިން ވިދާޅުވީ މިދިޔަ އަހަރު ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 8،139 ފަރާތަކުން ނޯޓިސްއާއި އެއްގޮތަށް އަމަލުކޮށްފައިވެއެވެ.
ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުންވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުވެސް މީރާއިން ކޮށްފައިވެއެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން 3.76 ބިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މި ފައިސާ ހޯދުމަށް މީރާއިން ތަންފީޒީ މައިގަނޑު 6 ފިޔަވަޅެއް އަޅާފައިވެއެވެ. މިފިޔަވަޅުތައް އަޅާފައިވަނީ 18،969 ފަރާތަކަށެވެ.
މީރާއިން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތައް
- ނޯޓިސް – 2.74 ބިލިޔަން ރުފިޔާ
- ޑިއުޒް ކްލިއަރެންސް – 625.7 މިލިޔަން ރުފިޔާ
- ނަން ހާމަކުރުން – 43.9 މިލިޔަން ރުފިޔާ
- ބޭންކް އެކައުންޓް ފްރީޒިން – 109.42 މިލިޔަން ރުފިޔާ
- ޤާނޫނީ ފިޔަވަޅު – 86,733 ރުފިޔާ
- ރިމައިންޑަރ / އީމެއިލް – 239.9 މިލިޔަން ރުފިޔާ
ތަންފީޒީ ފިޔަވަޅުތައް އަޅައި ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން މަސައްކަތް ކުރާއިރު، ޓެކްސް ފައިސާ އެއް ފަހަރާ ދެއްކުމަށް އުނދަގޫ ވާ ފަރާތްތަކަށް ލުއިތަކެއް މީރާއިން ދެއެވެ. މިގޮތުން އިންސްޓޯލްމެންޓް އުސޫލުގެ ތެރެއިން ލުއި ދީގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރެއެވެ. އެއިދާރާއިން މިދިޔަ އަހަރު 1029 ފަރާތަކަށް ވަނީ ހަމަޖައްސައި ދީފައެވެ. މިފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 2.5 ބިލިޔަން ރުފިޔާއަށް އަރައެވެ. މީރާއިން މި އުސޫލު ހަމަޖައްސާ ދިން ފަރާތްތަކުގެ ތެރެއިން 3535 ފަރާތްތަކުން 894.7 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދައުލަތަށް ދައްކަން ހުރި ފަރިސާ ހޯދުމަށް ކޯޓު މަރުހަލާގައި ހުރި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު 55 މައްސަލައެއް މީރާއާއި އެއްކޮޅަށް ނިމިފައިވާކަން މީރާއިން ފާހަގަކުރެއެވެ.
މީރާއިން ވަނީ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ދައުލަތައް ދައްކަންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމަށް ކުރާ މަސައްކަތައް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި މިކަމަށް ގިނަ ފަރާތްތަކުން އެއްބާރުލުން ލިބޭކަމަށް މީރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
