
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެކެވެ. ރާއްޖޭގައި ބޭނުންކުރާ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޖެހެނީ ރާއްޖެއިން ބޭރުން އިމްޕޯޓްކުރަންށެވެ. އޭގެތެރެއިން އެއް ބާވަތަކީ ތެލާއި ގޭހެވެ. އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަބަދުވެސް ކުރެއެވެ. ތެލާއި ގޭސް އުފައްދާ އަދި ރައްކާކުރާ އީރާނުގެ ރިފައިނަރީތަކާއި ކާރުޚާނާތަކަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދަނީ ހަމަލާތައް ދެމުންނެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ތެލުގެ ސަޕްލައި ޗެއިނަށް ބުރޫއަރައި، ތެލުގެ އަގު މިއީން ދުވަހަކު މައްޗަށް ނުދާވަރަށް މައްޗަށް ދާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ޔަހޫދީން ހަމަލާތައް ފެށުމާއެކު ތެލުގެ އަގު ނުވަވަރަކަށް އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އީރާނުގެ ތެލާއި ގޭހުގެ އެކި ކާރުހާނާތަކާއި ފެސިލިޓީތަކަށް ޔަހޫދީ އިސްތިއުމާރީ ސިފައިން ދެމުންދާ ހަމަލާތަކާއެކު ތެލުގެ އަގު އިތުރަށް އުފުލޭނެކަމަށްވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު މީގެކުރިންވެސް ރާއްޖެއަށް ވަނީ ކޮށްފައެވެ. އަދި މިކަމުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ޤައުމުތަކުގެ ތެރޭގައި އަބަދުވެސް ރާއްޖެ ހިމެނެއެވެ. ސަބަބަކީ ރާއްޖެއަކީ މާބޮޑު ތެލުގެ ރިސާވްއެއް އޮތް ގައުމަކަށް ނުވުމެވެ.

(ފޮޓޯ ކްރެޑިތްސް: އެމްޕީއެލް)
ތެލުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުންޏަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިންނެވެ. އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއިއެކު ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެފަދަ ގޮތަކަށް ހެޔޮ އަގުގައި ތެލާއި ޑީސަލް ވިއްކުމަށެވެ. އެގޮތުން ސަބްސިޑީތަކުގެ ތެރެއިންވެސް ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަކީ ކަރަންޓް އުފައްދާ ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ވަކި އަގެއްގައި ކޮންޓްރޯލްކޮށްފައިވުމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރާ ތެލުގެ ކޮސްޓާއި ކަރަންޓު އުފައްދާ ކުންފުނިތަކަށް ވިއްކާ އަގުގެ ފަރަގު އެސްޓީއޯއަށް ފޯރުކޮށްދިނުމަށް ހިނގާ ސަބްސިޑީއެކެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ވަނީ ތެލުގެ އަގު 3 ފަހަރެއްގެ މަތިން ހެޔޮކޮށްފައެވެ. އެންމެ ފަހުން އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެއިރު ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިވަނީ 13.50 އަށެވެ. އޭގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 13.98 ރުފިޔާއަށެވެ. އެހެންކަމުން މިއީ 48 ލާރީގެ ހެޔޮވުމެކެވެ. އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު އެންމެ ފަހުން ހެޔޮކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އެއިރު ޑީސަލް ލީޓަރެއްގެ އަގު ވަނީ 13.92 އަކަށް ހެޔޮކޮށްފައެވެ. އޭގެކުރިން ޑީސަލް ލީޓަރެއް ލިބެންހުރީ 14.62 ރުފިޔާއަށެވެ. އެހެންކަމުން މިއީ 70 ލާރީގެ ހެޔޮވުމެކެވެ. މިއިން ކޮންމެ ފަހަރަކުވެސް އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެންނެވެ.
އެންމެފަހުން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވަނީ މީގެ 3 އަހަރު ކުރިންނެވެ. އެއީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެއިރު ތެލުގެ އަގު ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެންނެވެ. އެއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 16.77 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް ލިބިފައިވާ އާމްދަނީއަކީ 12.1 ބިލިޔަން ރުފިޔާއެވެ. 2023 ވަނަ އަހަރު ތެލުގެ ވިޔަފާރިން ލިބިފައިވަނީ 12.9 ބިލިޔަން ރުފިޔާއެވެ. މި ރިޕޯޓުން ދައްކާގޮތުން 2024 ވަނަ އަހަރު ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ %7 ދަށްވެފައެވެ.
އީރާނަށް ދެމުންދާ ހަމަލާތަކުގައި ތެހެރާނުގައި ހުންނަ ތެޔޮ ރައްކާކުރާ މައި އެއް ކާރުހަނާއާއި ރިފައިނަރީއަކަށްވެސް ހަމަލާދީފައިވާކަމަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ހަމަލާތަކެއްގައި ލިބުނު ގެއްލުމާއި ގުޅިގެން އެ ޤައުމުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑްގައި ކުރިއަށްދާ ބައެއް މަސައްކަތްތައްވެސް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އަންނާނެކަމަށް ކަމާބެހޭ މާހިރުން ދަނީ ބުނަމުންނެވެ. މީގެ އަސަރު ރާއްޖެއަށްވެސް ކުރުމަކީ ގާތުގައިވާކަމެކެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
