
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އެމެރިކާއިން ބައިވެރިވުމަށް ނިންމައިފި ނަމަ، އެމެރިކާގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާނެ ކަމަށް ބުނެ، ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ކަތާއިބް ޙިޒްބުاللهން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދީފިއެވެ. ކަތާއިބް ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ ‘އެކްސިސް އޮފް ރެސިސްޓެންސް’ގައި ހިމެނޭ ބިޔަ އަދި ބާރުގަދަ ލަޝްކަރެކެވެ. ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާއިރު، ދެން ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކާއި އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށެވެ. އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމަށް ވެސް ޔަހޫދީން އޮތީ ރާވާފައެވެ.
ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ބައިވެރިނުވުމަށް ކަތާއިބް ޙިޒްބުاللهން މި ވަނީ އެމެރިކާއަށް ގޮވައިލާފައެވެ. އަދި، ގޮވައިލުމާ ޚިލާފުވެއްޖެ ނަމަ، އަދި ޔަހޫދީންނާ ބައިވެރިވާން ފަށައިފި ނަމަ، އެމެރިކާގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
“މި [މެދުއިރުމަތީގެ] ސަރަޙައްދުގައި ތިބި އެމެރިކާގެ [އިސްތިޢުމާރީ] ސިފައިންގެ އަމަލުތައް އަޅުގަނޑުމެން މި ދަނީ ވަރަށް ގާތުން ވަޒަން ކުރަމުން،” ޓްރަމްޕަށް އިންޒާރު ދެއްވަމުން ކަތާއިބް ޙިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް އަބޫ ޙުސައިން އަލް-ޙުމަޔިދާވީ ވިދާޅުވިއެވެ. “އެމެރިކާއިން އެ ހަނގުރާމައިގައި [ޔަހޫދީންގެ ޙަމަލާތަކުގައި] ބައިވެރިވާން ފަށައިފި ނަމަ، އެއްވެސް ޖެހިލުމެއް ނެތި އެމެރިކާގެ މަސްލަޙަތާ [އަސްކަރީ މަރުކަޒުތަކާއި ސިފައިންނާ] ދެކޮޅަށް އަޅުގަނޑުމެން ސީދާ ފިޔަވަޅުތައް އަޅަން ފަށާނަން.” ކަތާއިބް ޙިޒްބުالله އުފެދިގެން ދިޔައީ، 2003ވަނަ އަހަރު ޢިރާޤަށް އަރައި އެމެރިކާއިން ފެށި ހަނގުރާމައަށް ފަހުއެވެ. އެއީ، ޢިރާޤުގައި މި ވަގުތު ހަރަކާތްތެރިވަމުންދާ އެންމެ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރު އެޅި ޖަމާޢަތެވެ. އަދި، އެއީ އީރާނުން ވާގިވެރިވާ ‘އެކްސިސް’ގައި ހިމެނޭ މުހިންމު ލަޝްކަރެކެވެ.
ޢިރާޤުގައި އެމެރިކާއިން ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި އެ ޤަމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ކަތާއިބް ޙިޒްބުاللهން މީގެ ކުރިން ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ. ޢިރާޤުގެ އިތުރުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވެސް ކަތާއިބް ޙިޒްބުاللهން ޙަމަލާތަކެއް ދީފައިވާއިރު، އެއީ ނުރައްކާތެރި މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ ޙަަމަލާތަކެކެވެ. ޢިރާޤުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް ކަތާއިބް ޙިޒްބުاللهން މި ވަގުތަށް އޮތީ މެދުކަނޑައިލާފައެވެ. 2024ވަނަ އަހަރުގެ ކުރީކޮޅު އެ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ ޢިރާޤުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކަކަށް ފަހުއެވެ.
2023ވަނަ އަހަރު އޮކްޓޫބަރު މަހަށް ފަހު އެކްސިސްގައި ހިމެނޭ ބާރުގަދަ ލަޝްކަރުތަކުން ޢިރާޤާއި ސޫރިޔާގައި ޤާއިމު ކޮށްފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ތަފާތު 150 ޙަމަލާއެއް ދީފައިވެއެވެ. އަދި، ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެއީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތަކެއްގެ ފަހަތުގައި އޮތީ ކަތާއިބް ޙިޒްބުاللهއެވެ.
އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި، މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތައް ފޯރުކޮށްދެމުން ދަނީ ޓްރަމްޕެވެ. ޢިރާޤުގެ ސަރުކާރަކީ އީރާނާއި އެމެރިކާއާ އެކު ވެސް ގާތް ގުޅުންތަކެއް ބާއްވަމުންދާ ސަރުކާރެކެވެ. ހަނގުރާމައިގައި އެމެރިކާއިން ޢިރާޤު ސުންނާފަތި ކޮށްލާފައިވާއިރު، މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ހަނި ކުރުމަކީ ޢިރާޤު އަލުން އާރާސްތު ކުރުމަށް މަސައްކަތް ކުރަމުންދާ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
