
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދު ކޮށްލުމަށް ޔަހޫދީން ރާވަމުން ދިޔަ ރޭވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑްް ޓްރަމްޕް ހުރަސް އަޅުއްވާފައިވާ ކަމުގައި އެމެރިކާގެ މަސްދަރުތަކުން ބުނެފިއެވެ. ޖޫން 13ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ދަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކާއި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ވަނީ ޝަހީދު ކޮށްލާފައެވެ. ޝަހީދު ކޮށްލާފައިވާ ބޭފުޅުންގެ ތެރޭގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީއާއި، އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު، ޖެނެރަލް ޙުސައިން ސަލާމީއާއި، އީރާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އައިއާރްޖީސީގެ ޖާސޫސީ އިދާރާގެ ވެރިޔާ ޝަހީދު ކޮށްލާފައިވާނެ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ނަމަވެސް، އީރާނުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ ދެ މަސްދަރަކުން ބުނީ، ޚާމަނާއީ ޝަހީދު ކޮށްލުމަށް ވެސް ޔަހޫދީ ފައުޖުން ރާވާފައިވާ ކަމުގައެވެ. އަދި، އެ ކަމުގެ މަޢުލޫމާތު ޓްރަމްޕާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ޓްރަމްޕް އެ ކަމަށް ހުރަސް އަޅުއްވާފައިވާ ކަމުގައި އެމެރިކާ ސަރުކާރުގެ އިސްވެރިއަކު ބުންޏެވެ. “އީރާނުން އެމެރިކާގެ އެއްވެސް ރައްޔިތަކު މަރައިލައިފިތަ؟ ނޫން. އެ ފަދަ ކަމެއް ނުހިނގާހާ ހިނދަކު [އީރާންގެ] ސިޔާސީ އިސްވެރިން ޝަހީދު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެއް ވެސް ނޯންނާނެ،” އޭނާ ބުންޏެވެ.
އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ފަށާފައިވާ ނިރުބަވެރި ޢުދުވާނާ ގުޅޭ ގޮތުން އެމެރިކާއާއި އިސްރާއީލާ ދެމެދު މެދުކެނޑުމެއް ނެތި މަޢުލޫމާތު ބަދަލުކޮށް، މުއާޞަލާތު ކުރަމުންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އީރާނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން ޚާމަނާޢީ ޝަހީދު ކޮށްލުމުގެ ފުރުޞަތު އޮތް ކަމުގެ މަޢުލޫމާތު ޔަހޫދީ ފައުޖުން ހިއްސާ ކުރި ކަމަށާއި، އެ ކަން ނުކުރުމަށް ޓްރަމްޕް އިރުޝާދު ދެއްވާފައިވާ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް، ޓްރަމްޕް އެ މޭރުމުން ވިދާޅުވެ އިރުޝާރު ދެއްވާފައި ވަނީ ސީދާ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކަން، ނުވަތަ އިސްރާއީލުގެ އެހެން އޮފިޝަލުންނަށް ކަން ސާފުކޮށްދިނުމަށް އޭނާ ވަނީ ދެކޮޅު ހަދާފައެވެ. ޔަހޫދީން އީރާނަށް އިސްވެ ޙަަމަލާ ދީފައި ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓައިލުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަމުގައި ބުނެއެވެ. ޚާމަނާއީ ޝަހީދު ކޮށްލުމަށް ޙަމަލާތަކެއް ދިނުމުގެ ކުރިން ޓްރަމްޕް އަރިހުން ހުއްދައަށް އެދިފައިވޭތޯ ނަތަންޔާހޫ ގާތު އެމެރިކާގެ ފޮކްސް ނޫހުގެ ނޫސްވެރިއަކު ސުވާލު ކުރުމުން އެ ކަން ސާފު ކޮށްދިނުމަށް އޭނާ ވެސް ވަނީ އިންކާރު ކޮށްފައެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ އީރާނާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އިސްވެ އީރާނާ އެކު މަޝްވަރާތައް ފަށާފައި ވަނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓައިލުމަށް ބާރު އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދެކޮޅު ހަދާފައެވެ. އަދި، ޖޫން 15ވަނަ ދުވަހު އޮމާންގައި ބޭއްވުމަށް ތާވަލު ކޮށްފައި އޮތް ބައްދަލުވުން ކެންސަލް ކޮށްފައެވެ.
އީރާނަށް ޔަހޫދީން ޙަމަލާ ދޭން ފަށާފައި ވަނީ ޓްރަމްޕްގެ ރުހުމާއި އެއްބާރުލުމާ އެކުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. “އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވެސް އިނގޭ،” ޔަހޫދީންގެ ޙަމަލާތަކާ ގުޅޭ ގޮތުން ޖޫން 13ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވެއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރާއިރު، އެ ކަން ހުއްޓުވުމުގެ ގޮތުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އީރާނަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާ ބައިވެރިކުރުވައި، ބޮޑު ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްޓައިލުމަކީ ޔަހޫދީ ނަތަންޔާހޫގެ އެންމެ ބޮޑު ނިޔަތް ކަމުގައި އިސްރާއީލުގެ ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ މީހެއް ކަމުގައިވާ އުރީ ގޯލްޑްބަރގ ބުންޏެވެ. އަދި، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމަށް ޓްރަމްޕް ބޭނުންވި ނަމަވެސް، އީރާނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ހަނގުރާމައިގައި ބައިވެރިވުމުގެ ނިޔަތެއް ޓްރަމްޕް ގެންގުޅުއްވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައި އޭނާ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
