
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު ޔަހޫދީ ފައުޖާއި އީރާނާ ދެމެދު ޙަމަލާ ބަދަލު ކުރަމުން ދިޔުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބޮޑު ލޮޅުމެއް އަރައި، ތެލުގެ އަގުތައް އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމުގައި ވިޔަފާރީގެ ދާއިރާގެ މާހިރުން ބުނެފިއެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. ވިޔަފާރީގެ ދާއިރާގެ މާހިރުން ބުނީ، އީރާނާއި އިސްރާއީލާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު ސަރަޙައްދީ ބޮޑު ހަމަނުޖެހުމެއް ފެށުމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމުގައެވެ. އަދި، އޭގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސާފުނުކުރާ ތެލުގެ އަގު ބޮޑުތަކުން އުފުލިފައިވާ ކަމުގައެވެ. މިއާ އެކު، މިހާރު ވެސް ނުތަނަވަސް ހާލަތެއްގައި އޮތް ތެލުގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި ވެސް މާހިރުން ބުންޏެވެ.
ޖޫން 13ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފެށުމާ އެކު ތެލުގެ ބާޒާރަށް ވަނީ ނޭދެވޭ އަސަރުތައް ކުރަން ފަށާފައެވެ. މި ގޮތުން، ތެލުގެ އަގުތައް ދެނެގަތުމަށް މިންގަނޑެއްގެ ގޮތުގައި ބަލާ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި)ގެ އަގުތައް އުފުލިގެން ގޮސްފައިވާ ކަމުގައި މާހިރުން ބުންޏެވެ. އެއް ދުވަހުން އެ ދެ މިންގަނޑުގެ ތެލުގެ އަގުތައް %7އާއި %9އާ ދެމެދު އުފުލިގެން ދިޔަ ކަމަށާއި، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 78 އެމެރިކާ ޑޮލަރަށް އުފުލިގެން ދިޔަ ކަމުގައި މާހިރުން ހާމަކުރިއެވެ. އަދި، ޑަބްލިޔުޓީއައި ފީފާއެއްގެ އަގު ވަނީ 77 އެމެރިކާ ޑޮލަރަށް އުފުލިގެން ގޮސްފައެވެ.
މިއީ، 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ތެލުގެ އަގުތަކަށް އެންމެ ދުވަހެއްގެ ތެރޭގަައި އައިސްފައިވާ އެންމެ ބޮޑު ލޮޅުމުގެ ގޮތުގައި މާހިރުން ފާހަގަކުރިއެވެ. “މިއިން ދޭހަކޮށްދެނީ މެދުއިރުމަތީގެ މަސްރަޙާ ތެލުގެ އަގުތަކާ ގުޅިފައި އޮތް މިންވަރު، ސަބަބަކީ ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި އެ ސަރަޙައްދުން އަދާ ކުރާ އިސް ދައުރު،” ނަން ހާމަކޮށްފައި ނުވާ މާހިރަކު ބުންޏެވެ. “ކުރިއަށް އޮތް ދުވަސްތަކުގައި ކަން ހިނގާނެ ގޮތް އަންދާޒާ ކުރަން ނޭނގޭތީ ތެލުގެ އަގުތައް މުރާޖާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.”
މާހިރުން ބުނީ، މި ވަގުތު ތެލުގެ ބާޒާރުގެ ލޯތައް ހުއްޓިފައި އޮތީ ހުރްމުޛް ކަނޑަށް ކަމުގައެވެ. ސަބަބަކީ، ދުނިޔޭގައި ދުވާލެއްގެ މައްޗަށް ބޭނުން ކުރެވޭ ތެލުގެ ފަސްބައިކުޅަ އެއްބައި ކަނޑުމަގުން އުފުލާ މައި މަގެވެ. އެ މަގުން ދުވާލެއްގެ މައްޗަށް އުފުލާ ތެޔޮ ފީފާގެ އަދަދު 18 މިލިޔަނާއި 19 މިލިޔަނަށް އަރައެވެ. އީރާނާއި އިސްރާއީލާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން ހުރްމުޛް ކަނޑަށް ނުރައްކާ ވެއްޖެ ނަމަ، ތެލުގެ އަގުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމުގައި މާހިރުން ޤަބޫލު ކުރެއެވެ. އަދި، އަތްނުފޯރާ ފަށަށް ތެލުގެ އަގުތައް އުފުލިގެން ދިޔުމުގެ ބިރު އޮތް ކަމުގައި އެ ފަރާތްތަކުން އިންޒާރު ކުރެއެވެ.
“މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުރިއަށްދާ ނަމަ ތެޔޮ ފީފާއެއްގެ އަގު 80 އެމެރިކާ ޑޮލަރުން މައްޗަށް އުފުލިގެން ދިޔުމުގެ ފުރުޞަތު ބޮޑު، ނަމަވެސް (ތެޔޮ އުފައްދާ ޤައުމުތައް) އޯޕެކް+ގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްފި ނަމަ، އަގުތައް ކޮންޓުރޯލުކޮށް އެއް މިންގަނޑެއްގައި ހިފެހެއްޓިގެން ދާނެ. އެންމެ ބޮޑު ނުރައްކަލަކީ، ހުރްމުޛް ކަނޑު ބަންދު ކުރަން މަޖުބޫރުވުން، ނުވަތަ އީރާނުން ދުވާލެއްގެ މައްޗަށް ބޭރުކުރާ 2.1 މިލިޔަން ފީފާ ބޭރު ކުރުމަށް ހުރަސް އެޅުން، އެއިރުން ތެލުގެ ސަޕްލައި ބޮޑުތަނުން ވެެއްޓޭނެ އަދި އަގުތައް އިތުރަށް އުފުލިގެންދާނެ،” ސެކްސޯ މާކެޓްސްގައި މަސްރަޙު ދިރާސާ ކުރައްވާ ޗާރޫ ޗާނަނާ އިންޒާރު ކުރެއްވިއެވެ.
ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް، ޚައިފާއަށެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނީ، އީރާންގެ އެންމެ ފަހުގެ ޙަމަލާތަކުގައި ވެސް 100އަށްވުރެ ގިނަ އަސްކަރީ ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ހުރްމުޛް ކަނޑުން ތެޔޮ އުފުލުމަށް އީރާނުން ހުރަސް އެޅުމުގެ ފުރުޞަތު ވެސް އޮތް ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
