
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު ޔަހޫދީ ފައުޖުގެ ހަމަލަތައް ހުއްޓައިނުލާ ނަމަ ހަމަލަ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭނުން ނުވާ ކަމުގައި ބުނެ، މަޝްވަރާތައް ފެށުމަށް އީރާނުން އިންކާރު ކޮށްފިއެވެ. މި ކަން ހާމަކޮށް، އިސްރާއީލާއި އީރާނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުންދާ ޤަޠަރާއި އޮމާނަށް ވަނީ އެ ކަން އަންގާފައެވެ. ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ހަމަލަތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 128އަަށް އުފުލިފައެވެ. ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 500އަށްވުރެ މައްޗަށް އަރައެވެ. ޔަހޫދީން ބުނީ، އީރާނަށް ހަމަލަ ދިނުމުގެ ބޭނުމަކީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓައިލުމަށް މަޖުބޫރު ކުރުވުން ކަމުގައެވެ.
ޔަހޫދީންގެ ގިނަ ހަމަލަތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސްވެރިންނާއި އަސްކަރީ މަރުކަޒުތަކަށެވެ. ޝަހީދު ކޮށްލާފައިވާ ބޭފުޅުންގެ ތެރޭގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީއާއި، އިންޤިލާބީ އިސްލާމީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު، ޖެނެރަލް ޙުސައިން ސަލާމީއާއި، އީރާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އީރާންގެ ޖާސޫސީ އިދާރާގެ ވެރިޔާ ޝަހީދު ކޮށްލާފައިވާނެ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.
“ހަމަލަ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ފަށާނީ އިސްރާއީލުން އީރާނަށް ހަމަލަ ދިނުން ހުއްޓައިލުމުން ކަމަށް ބުނެ، އީރާނުން ވަނީ މެދުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ޤަޠަރާއި އޮމާންގެ އޮފިޝަލުންނަށް އެ ކަން އަންގާފައި،” ނަން ހާމަ ކޮށްފައި ނުވާ މަޞްދަރަކުން ބުންޏެވެ. ޔަހޫދީންގެ ހަމަލަތަކުގެ ޝިކާރައަކަށް ވަމުންދާ ދަނޑިވަޅެއްގައި އެއްވެސް މަޝްވަރާއެއްގައި ބައިވެރިވުމަށް އީރާނުން އިންކާރު ކުރަމުންދާ ކަމުގައި ވެސް އެ މަޞްދަރުން ބުންޏެވެ. ޔަހޫދީންގެ ހަމަލަތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ޒަޔަނިސްޓު އިސްރާއީލުގެ މައި ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލަތަކެއް ދެމުންނެވެ. ގިނަ ހަމަލަތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް ޚައިފާއަށެވެ. އީރާންގެ ހަމަލަތަކުގައި ޔަހޫދީންގެ 20 މީހުން މަރައިލާފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 500އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި އިސްރާއީލުގެ މަޞްދަރުތަކުން ބުންޏެވެ. އަދި، ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެެއްލުންތަކެއް ދީފައެވެ.
އީރާނާ ދެކޮޅަށް ޔަހޫދީން ނިރުބަވެރި ހަމަލަތަކެއް ދޭން ފަށާފައި ވަނީ އެމެރިކާއި ރުހުމާއި ބައިވެރިވުމާ އެކުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. ޔަހޫދީން ބުނީ، އީރާނާ ދެކޮޅަށް ދެމުންދާ ނިރުބަވެރި ހަމަލަތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމުގައެވެ. އެ އިންޒާރަށް ރައްދު ދެމުން އީރާނުން ބުނީ، އެ ޤައުމުގެ ވަރުގަދަ ހަމަލަތަކާ އެކު ޔަހޫދީންގެ މައްޗަށް “ނަރަކައިގެ ދޮރުތައް ހުޅުވައިލާނެ” ކަމުގައެވެ.
ޒަޔަނިސްޓުންގެ ހަމަލަތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެމެރިކާ ބައިވެރި ކުރުވައި، ޓްރަމްޕްގެ ސަރުކާރުގެ އެހީތެރިކަން އެ ކަމުގައި ހޯދުމަށް އީރާނުން ހުށަހަޅާފައިވާ ކަމުގައި ބުނާ މީޑިޔާ ރިޕޯޓުތައް ވެސް އީރާނުން ވަނީ ދޮގު ކޮށްފައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ހުށަހަޅާފައިވާ ކަމުގައި ބުނާ މީޑިޔާ ރިޕޯޓުތައް ވެސް އެ ޤައުމުގެ މަޞްދަރުތަކުން ވަނީ ދޮގު ކޮށްފައެވެ. ހަމަލަ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން މަޞްދަރުތަކުން ހާމަކޮށްފައިވާ މަޢުލޫމާތުގެ ސައްޙަ ކަން އީރާން، އޮމާން އަދި ޤަޠަރުގެ ޚާރިޖީ ވުޒާރާތަކުން ކަށަވަރު ކޮށްދީފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
