
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ޞިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އެދިވަޑައިގެންފިއެވެ. ޞިއްޙީ ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާމީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދަނީ ޞިއްޙީ ވުޒާރާއާއި ބައެއް ޔުނިވަރސިޓީތަކާއި ކޮލްޖެތަކާ ގުޅިގެން ދަރުމައަށް ލޭ ހަދިޔާ ކުރުމަށް އެމްބެސެޑަރސް އުފައްދާ ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިންތައް ހިންގުމަށް ކަމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ބަލާއިރު ކޮންމެ ޤައުމެއްގައިވެސް މަދުވެގެން 1 އިންސައްތަ މީހުންނަކީ ލޭ ހަދިޔާ ކުރާ މީހުންކަން ފާހަގަކުރައްވާ ޞިއްހީ ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ރާއްޖެއިން އެ މިންގަނޑާ ހަމައަށް އާދެވިފައި ނުވާކަމަށެވެ. ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހެލްތު ޕްރޮފެޝަނަލުން ބިނާކުރުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމާއި ބޭސްފަރުވާގެ އެހެނިހެން ކަންކަން ހަމަޖެހިގެންދާއިރު ވަށާޖެހޭ ކަންކަމަށް ރިޢާޔަތްނުކޮށް ހާސިލްކުރަން އުޅޭ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ލޭ ލިބުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 900އަށްވުރެ ގިނަ ޕައިންޓް ލޭ ބޭނުންވާކަމަށެވެ. އަދި އެހެނިހެން ބަލިތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް 1400 އެއްހާ ޕައިންޓްގެ ލޭ ބޭނުންވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ލޭ ހޯދުމަށް އާޢިލާތަކުން ގިނަ ދަތިތައް ތަހައްމަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
“ޤައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ ދުވަހަކީ ލޭ ބޭނުންވެގެން މީހަކު އާދޭސް ކުރަން ނުޖެހޭނެ ދުވަހަކަށް ދިއުން އެކަމަށްޓަކައި މަސައްކަތް ކުރަންޖެހޭ “ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ. ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ޒުވާން ދަރިވަރުން ލޭ ހަދިޔާ ކުރުން ޕްރޮމޯޓް ކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޮލްޖެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކި ޕްލޭންތައް ހަދައިގެން ލޭ ހަދިޔާ ކުރުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށްގެންގޮސް ދަރުމއަށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ. އެފަދަ ޕްރޮގްރާމްތަކުގެ ނަތީޖާއަކަށް ވަނީ ޒުވާނުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ވިސްނި އަދަށްވުރެ ރަނގަޅު ހާލަތަކަށް ޤައުމު ދަތުރުކުރެވުންކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
