
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރީސްރަކްޗަރ ކުރުމާއެކު އައިލެންޑު އޭވިއޭޝަނަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެވެ. ވަޒީރު މިހެންވިދާޅުވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އޭވިއޭޝަން ދާއިރާއަކީ ދާދިފަހަކާ ޖެހެންދެން ހިގަމުންއައި ހަރުދަނާ ރަނގަޅު ނިޒާމެއްގެ ތެރެއިންކަށެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވެ އެމަނިކުފާނު ވަޒީރުކާމާއި ހަވާލުވެލެއްވިރު ގިނަ ގޮންޖެހުންތާކާއި ކުރިމަތިލާން ޖެހުނުކަމަށް ވަޒީރު ފާހަގަކުރެއްވިއެެވެ.
ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ އޭވިއޭޝަން ދާއިރާއަށް ގެނެވުނު މުހިންމު ކަމަކީ ސިވިލް އޭވިއޭޝަންގެ ދާއިރާ ރި-ސްރަކްޗަރ ކުރުމުގެ މަސައްކަތްކަމަށެވެ. އައިކާއޯ މިންގަނޑުތަކާއި އޮޕަރޭޓަރުންނަށް އެއާރލައިންތަކަށް ހިދުމަތްދިނުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތަކެއް ހޯދިގެން ދިޔަކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އޭޓީއާރު)
މީގެ އިތުރުން ސަރުކާރު ވެެރިކާމައި ހަވާލުވިއިރު އައިލަންޑު އޭވިއޭޝަން އޮތީ 2.1 ބިލިއަން ރުފިޔާގެ ގެއްލުމާއެކު ވަރަށް ދަތި ހާލުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެދަތިތަކުން އަރައިގަތުމަށް އައިލަންޑު އޭވިއޭޝަން ރީސްރަކްޗަރ ކޮށްފައިވާކަމަށާއި އޭގެ ހެޔޮ ބަދަލުތައް މިހާރު ފެންނަމުންދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. “ވައިޑް ބޮޑީގެ ޚިދުމަތް ފެށި، ބޭރުގެ 3 މަންޒިލަކަށް ދަތުރުތައް ފެށުމާއި ކުރިންވެސް ފަށާފައި އޮތް އޭޓީއާރުގެ ފްލީޓަތަކަށް ޑޮމެސްޓިކް އޮޕްރޭޝަން ޑޭސް 8 އަށް ބަދަލުކުރުމުގެ ޕްރޮގްރާމް އަވަސްކުރުމާއި ސީޕްލޭން އޮޕްރޭޝަންތަަކަށް ކޮންޓްރެކްޓަރަށް އާ ކޮންޓްރެކްޓަރުން ގެނެވި. ރީ ސްރަކްޗަރ ކުރެވުނީމައި އައިލެންޑް އޭވިއޭޝަންއަށް ވަރަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ މިހާރު” ވަޒީރު ވިދާޅުވިއެވެ.
މިދިޔަ 5 އަހަރަށް ބަލާއިރު އައިލެންޑް އޭވިއޭޝަންއަކީ ކޮވިޑްގެ ހަލާތައްފަހު އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުންއައި ސަރުކާރުންގެ ކުންފުންޏެވެ. އެ ގޮތުން 2021ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުން އެކުންފުންޏަށް 647 މިލިޔަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ. އައިލެންޑް އޭވިއޭޝަންގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ އެކުންފުންޏަށް ވަނީ 171 މިލިޔަން ރުފިޔާގެ އާންމަދަނީއެއް ލިބިފައެވެ. ނަމަވެސް ޚަރަދައް ކެނޑުމުންވެސް ހިންގަންޖެހެނީ 2.82 މިލިޔަން ރުފިޔާގެ ގެއްލުމުގައެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި، ޚިދުމަތުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
