
(ފޮޓޯ ކްރެޑިޓްސް: އެފްއެސްމް)
ޖޫން މަހުގެ މިހާތަނަށް މަސްވެރިންނަށް 25 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެ ދިޔަ 2 ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ ޖުމްލަ ފައިސާ ކަމަށް މިފްކޯއިން ވިދާޅުވެއެވެ. މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މިފްކޯއަށް 165 ދޯންޏެއް މަސްކިރުވާފައެވެ. މި ދޯނިތަކުން ކިރުވި މަހަށް ފުރަތަމަ ހަފުތާގައި، 16.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މޭއި މަހުގެ ފުރަތަމަ ހަފްތާއާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.
ޖޫން މަހުގެ ދެވަނަ ހަފްތާގައި، މަސްވެރިންނަށް ދޫކުރި ފައިސާ ވަނީ ފުރަތަމަ ހަފުތާއާއި އަޅާބަލާއިރު ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ދެވަނަ ހަފްތާގެ 3 ދުވަސް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާއި ދިމާކޮށް މަސް ނުކިރުވާތީއެވެ. މިމަހުގެ ދެވަނަ ހަފްތާއި މިފްކޯއަށް 111 ދޯންޏަކުން މަސްކިރުވާފައެވެ. މިމަހަށް 8.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއާއެކު ޖޫން މަހުގެ ފުރަތަމަ 2 ހަފުތާގައި މިފްކޯއަށް 276 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. މި މުއްދަތުގައި މިފްކޯއިން ވަނީ މަސްވެރިންނަށް ޖުމްލަ 25 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. ސަރުކާރުން ވަނީ އައު އުސޫލާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. މަސްވެރިކަމަށް ނިކުންނަ ދޯނިތައް އިތުރުވެ، މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށުމާއެކު މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ބަލައިގަންނަ ބަޔަކާށް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ. މިގޮތުން ބީއެމްއެލްގެ ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު މިހާރު ވަނީ ހަމަޖައްސާވާފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
