
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޒަޔަނިސްޓު ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ޢިރާޤުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަންނަމުންދާ ކަން ހާމަކޮށް، އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނުން ހުއްޓުވުމަށް އެމެރިކާއަށް ގޮވައިލައިފިއެވެ. ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ޢިރާޤުގެ ވައިގެ ސަރަޙައްދު ހުރަސް ކުރަމުން ދަނީ، މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ދެމުންދާ ނިރުބަވެރި ހަމަލަތަކުގެ ތެރެއިންނެވެ. ޔަހޫދީ ފައުޖުން އީރާންގެ ވެރިރަށް ޠަހްރާންގެ އިތުރުން އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މައި މަރުކަޒުތަކަށް ހަމަލަ ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ.
ޔަހޫދީ ފައުޖުން އީރާނަށް ހަމަލަ ދެމުން ދަނީ އެމެރިކާގެ ރުހުމާއި ބައިވެރިވުމާ އެކުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. ޢިރާޤުން ބުނީ، ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން އެ ޤައުމުގެ ވައިގެ ސަރަޙައްދަށް އެތެރެވަމުން ދަނީ އެމެރިކާއާއި ޢިރާޤާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުންތަކާ ޚިލާފަށް ކަމުގައެވެ. އަދި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވެސް ޚިލާފަށް ކަމުގައެވެ.
“އެމެރިކާއާއި ޢިރާޤުގެ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކަށް އިޙްތިރާމުކޮށް، އެ އެއްބަސްވުންތައް ދެމެހެއްޓުމަށް އެމެރިކާއަށް ގޮވައިލަން، އަދި ޒަޔަނިސްޓު ދައުލަތުގެ އަސްކަރިއްޔާއިން ޢިރާޤުގެ ވައިގެ ސަރަޙައްދުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަތުން ހުއްޓުވުމަށް ގޮވައިލަން،” ޢިރާޤުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޞަބާޙް އަލް-ނުޢުމާން ވިދާޅުވިއެވެ.
އީރާނަށް ޔަހޫދީ ފައުޖުން ދެމުންދާ ހަމަލަތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ މެދުކެނޑުމެއް ނެތި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ހަމަލަ ދެމުންނެވެ. އެންމެ ފަހުން ދީފައިވާ ހަމަަލަތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް ޚައިފާއަށެވެ. އެ ހަމަލަތަކުގައި 10 ޔަހޫދީން މަރައިލާފައިވާ ކަމުގައި އިސްރާއީލުގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އަދި، ޚައިފާއަށް ދިން ހަމަލަތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީން އިރާނަށް ދީފައިވާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 80އަށް އުފުލިފައެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 800އަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. ޝަހީދުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ. ޔަހޫދީންގެ ނިރުބަވެރި ހަމަލަތަކާ ގުޅިގެން އީރާނުން ވަނީ އެ ޤައުމާއި އެމެރިކާއާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތައް ވެސް މެދުކަނޑައިލާފައެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި މިހާރު ޤަބޫލު ނުކުރާ ކަމުގައެވެ.
އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތަކެއް ބާއްވަން ފަށާފައި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި ޔަހޫދީންގެ ސަލާމަތަށް މި ވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. އޮމާންގައި މަޝްވަރާތަކުގެ ހަ ވަނަ ބައްދަލުވުމެއް ޖޫން 15ވަނަ ދުވަހު ބޭއްވުމަށް އޮތީ ތާވަލު ކޮށްފައެވެ. ނަމަވެސް، އެ ބައްދަލުވުމަށް ހާޒިރުވުމަށް އީރާނުން ވަނީ އިންކާރު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
