
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ނިރުބަވެރި ހަމަލަަތަކުގައި އެ ޤައުމުގެ ފޫރްދޫއާއި ޚަވަންދާބް ނިއުކްލިޔަރ މަރުކަޒުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފެންނަން ނެތް ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ން ހާމަކޮށްފިއެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ޔަހޫދީ ފައުޖުން ނިރުބަވެރި ހަމަލަތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ގައެވެ. ޔަހޫދީ ފައުޖުގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ވެރިންނަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއްގެ އިތުރުން ނިއުކްލިޔަރ ޕުރޮގުރާމުގެ އިސް ސައިންޓިސްޓުންތަކެއް ޝަހީދު ކޮށްލިއެވެ. ޝަހީދު ކޮށްލާފައިވާ ބޭފުޅުންގެ ތެރޭގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީއާއި، އިންޤިލާބީ އިސްލާމީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު، ޖެނެރަލް ޙުސައިން ސަލާމީއާއި، އީރާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
އައިއޭއީއޭން ބުނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާ ފޫރްދޫ މަރުކަޒުގެ އިތުރުން ތަރައްޤީ ކުރަމުންދާ ޚަވަންދާބް މަރުކަޒަށް ޔަހޫދީންގެ ނިރުބަވެރި ހަމަލަތަކުގައި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައެވެ. މީގެ އިތުރުން، ނަޠަންޛް މަރުކަޒަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީ ފައުޖުން އެންމެ ނުރައްކާތެރި ހަމަލަތަކެއް ދީފައި ވަނީ ނަޠަންޛް މަރުކަޒަށެވެ. މީގެ އިތުރުން އަޞްފިހާން މަރުކަޒަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި ހަމަލަތަކެއް އަމާޒު ކޮށްފައެެވެ. އައިއޭއީއޭން ބުނީ، އެ މަރުކަޒުން ރޭޑިޔޭޝަން ލީކުވުން ފަދަ ހާދިސާ ހިނގާފައި ނުވާ ކަން އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ބެހޭ މައި އިދާރާއިން ކަށަވަރު ކޮށްދޭ ކަމުގައެވެ. ނަމަވެސް، ޔަހޫދީންގެ ހަމަލަތަކުގައި އަޞްފިހާން މަރުކަޒުގެ ހަތަރު އިރާމާތަކަށް ގެއްލުން ލިބުނު ކަމުގައި އައިއޭއީއޭން ބުންޏެވެ.
އޭގެ ތެރޭގައި ޔުރޭނިޔަމް މުއްސަނދި ކުރުމަށް ބޭނުން ކުރާ މައި ވަސީލަތްތަކެއް ހުރި އިމާރާތެއް ހިމެނޭ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. “ނަޠާންޛާ އެއް ގޮތަށް، އެ ތަނުގެ ބޭރުން ވެސް ރޭޑިޔޭޝަންގެ މިންވަރު އުފުލޭނެ ކަމަށް ޤަބޫލެއް ނުކުރެވޭ،” އައިއޭއީއޭން ބުންޏެވެ. ޔަހޫދީންގެ ހަމަަލަތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ މެދުކެނޑުމެއް ނެތި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ހަމަލަ ދެމުންނެވެ. އެންމެ ފަހުން ދީފައިވާ ހަމަަލަތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް ޚައިފާއަށެވެ. އެ ހަމަލަތަކުގައި 10 ޔަހޫދީން މަރުވި ކަމުގައި އިސްރާއީލުގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އަދި، ޚައިފާއަށް ދިން ހަމަލަތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީން އިރާނަށް ދީފައިވާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 80އަށް އުފުލިފައެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 800އަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. ޝަހީދުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
