
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަަމުނުގެ ހޫތިން އިސްރާއީލަށް ދެވަނަ ބުރުގެ ޙަމަލާތަކެއް ދޭން ފަށައިފިއެވެ. އިއްޔެވެސް ހޫތީން ވަނީ އިސްރާއިލަށް ހަަމަލާތަކެއް ދީފައެވެ. އަދި މިއަދު އަނެއްކަވެސް ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުން ބިންގަރާސްތަކަށް ވަންނަން މަޖުބޫރުވެފައިވާ ކަަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މިފަހަރު އިސްރާއީލުން ބުނީ މިސައިލްތައް އަންނަނީ ހަމައެކަނި އީރާނުން ނޫން ކަމަށާއި ޔަމަނުން ވެން ހަމަލާތައް އަންނަމުންދާ ކަމަށެވެ. އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ބަޔާނެއްގައި ހޫތީން ބުނީ ހަމަލާތައް ދިނީ އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ކަމަށާއި އެ ހަމަލާތައް ބޭނުންކޮށްފައި ވަނީ “ފަލަސްތީން 2 ހައިޕަސޮނިކް ބެލިސްޓިކް މިސައިލް” ކަމަށެވެ. އެ މީހުން އިޝާރާތްކުރީ އެ އަމާޒުތަކަކީ “ހިފާފައިވާ ޖަފާ ސަރަހައްދުގައި” ތިބި “ނާޒުކު” ތަންތަނެވެ.
މިއީ މިހާރު ދެމުން އަންނަ ސިލްސިލާ ހަމަލާތަކުގައި ހޫތީން މިފަދަ ހަަމަލާއެއް ދޭ ދެވަނަ ފަހަރެވެ. އަންގާރަ ދުވަހު އެމީހުން ވަނީ ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ. ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވަނީ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ހުދައިދާ ބަނދަރަށް ހަމަލާ އަމާޒުކޮށްފައެވެ. ހޫތީން ބުނަނީ އިސްރާއީލަށް ދޭ ހަމަލާތަކުގައި އެމީހުން ބައިވެރިވަނީ ފަލަސްތީނާ އެއްބައިވަންތަވުމުގެ ސަބަބުން ކަމަށާއި ހާއްސަކޮށް ޣައްޒާގައި ހަމަނުޖެހުންތައް ފެށުނު ފަހުން ކަމަށެވެ. އެ މީހުންގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައި ވެއެވެ. މީގެ ކުރިން ވެސް އެ މީހުން ވަނީ މިދިޔަ މާޗް މަހު ހަނގުރާމަ ހުއްޓާލި އިރު، ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް އަމާޒުކޮށްފައެވެ. ނަމަވެސް އިސްރާއީލުން ހަނގުރާމަ ހުއްޓާލުމާ ހިލާފުވުމާ ގުޅިގެން ހޫތީން ވަނީ އަނެއްކާވެސް މިސައިލް ހަމަލާތައް ދޭން ފަށައިފައެވެ.
އީރާނުގެ ތާއީދު އޮންނަ މި ޖަމާއަތަކީ ޔަމަނުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
