
އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އެމެރިކާ ބައިވެރިނުވާ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އިރާނާއި އިސްރާއީލާއި ދެމެދު ޒަމާންތަކެއް ވަންދެން އުފެދިފައިވާ ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެއީ އިސްރާއީލުން އިސްވެ، އިރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށާއި އަސްކަރީ ބައެއް މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން އީރާނަށް ދިން ހަމަލާގައި އެމެރިކާ ބައިވެރިނުވާކަމަށް ޓްރަމްޕް ބުނެފައިވާއިރު އިރާނުން އެމެރިކާއަށް ހަމަލާދީފިނަމަ، ދެން ކަންތައްތައް ވާނެ ގޮތުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ. އެގޮތުން އީރާނުން އެމެރިކާއަށް އެއްވެސް ގޮތަކުން ހަމަލާދީފިނަމަ އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން ހަމަލާ ނުދޭ މިންވަރަށް ހަމަލާދޭނެ ކަމަށް ވަނީ ބުނެފައެވެ.
ޓްރަމްޕް މިފަދައިން ބުނީ އިސްރާއީލަށް އެހީތެރިވާނަމަ މެދުއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށް އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕް ވަނީ އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް އެއްބަސްވުމަކަށް އަައުމަށް އެމެރިކާއިން އެހީތެރިވެދޭނެ ކަމަށް ބުނެފައެވެ. އީރާނަށް ދިން ހަމަލާގައި އެމެރިކާ ބައިވެރިނުވާކަމަށް ޓްރަމްޕް މިހާރު ބުނެފައިވާއިރު އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް އިސްރާއީލުން ދީފައިވެއެވެ. އިސްރާއީލުން ހަމަލާ ދިނުމުގެ ކުރިން އެކަން އެނގޭ ކަމަށް ޓްރަމްޕް ވަނީ ކުރިން ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
