
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާ ދެކޮޅަށް އީރާނުގެ އިންޤިލާބީ ފައުޖުން އަނެއްކާ ވެސް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީން ވަނީ ޖޫން 13ވަނަ ދުވަހު އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައެވެ. ޔަހޫދީންގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކުގެ އިތުރުން ބެލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކާއި އަސްކަރީ އިސްވެރިންނަށެވެ. އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި ޚަތަމުލް އަންބިއާ ސެންޓްރަލް ހެޑްކުއާޓާސްގެ ކޮމާންޑަރު ޣުލާމް އަލީ ރަޝީދާއި، އިންޤިލާބީ ފައުޖުގެ އެއޮރޮސްޕޭސް ފައުޖުގެ ކޮމާންޑަރު އާމިރު ޢަލީ ހާޖިޒާދާއާއި އީރާނުގެ ހަ ނިއުކްލިޔަރ ސައިންޓިސްޓުން ވަނީ ޝަހީދު ކޮށްލައިފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ވެސް ޙަމަލާ ދީފައިވާއިރު ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް ޖުމްލަ 80 މީހުން ޝަހީދުވެ 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚާމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ.
އީރާނުން ވަނީ މި ޙަމަލާގެ ބަދަލު ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ، އޮޕްރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން އީރާނުން ވަނީ ފަސް ބުރެއްގެ މަތިން، ޔަހޫދީ ދައުލަތުގެ ހުރިހާ ސަރަޙައްދުތަކަށް އަމާޒު ކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ހަމަ އެ ރޭ ދީފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ ޖެޓުތަކާއި ޑްރޯންތައް ވެސް އީރާނުން ވައްޓާލާފައިވެއެވެ. އޭގެ ފަހުން ވެސް އަރާޝް ޑްރޯންތައް ބޭނުން ކޮށްގެން ޙަމަލާތަކެއް ދީފައިވާއިރު، އީރާނުގެ ދެ ޑްރޯން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ޑެޑް ސީގެ ވައިގެ ސަރަޙައްދަށް ވެސް ވަދެފައިވެއެވެ. އެ ޙަމަލާތަަކުގައި ޔަހޫދީންގެ ހަތަރު މީހުން މަރުވެ 100އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެެއެވެ. އަދި އިމާރާތްތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އީރާނުން ޔަހޫދީ ދައުލަތަށް ދީފައިވާ އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހައިފާއަށާއި ވަށައިގެންވާ ސަރަޙައްދުތަކަށެވެ. އެއީ ޔަހޫދީންގެ ގިނަ ޢަދަދެއްގެ އަސްކަރީ އަދި ސިނާއީ މަރުކަޒުތައް ހުންނަ ސަރަޙައްދެކެވެ. އީރާނުން އެ ސަރަޙައްދުތަކަށް އަމާޒުކޮށް 100އަށް ވުރެ ގިނަ މިސައިލް ޙަމަލާ ދީފަި ވަނީ އީރާނުގެ އެކި ޕްރޮވިންސުތަކުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ދިން މިސައިލް އަދި ޑްރޯން ޙަމަލާތަކުގައި ޔަހޫދީންގެ ތެޔޮ ކާރުޚާނާތަކާއި ކަރަންޓު ވިއުގަތަކަށް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. އީރާނުގެ ޙަމަލާތައް ފެންނަ ބައެއް ވީޑިޔޯތަކުން ހައިފާގެ ތެޔޮ ކާރުޚާނާއެއްގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރު ފެނެއެވެ. އެ ކާރުޚާނާއަށް ދިން މިސައިލް ޙަމަލާގެ ސަބަބުން ވައިގެ ތެރެއަށް ވިހަ މާއްދާތައް ބޭރުވަމުންދާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ހައިފާގައި ހުރި އެމޯނިޔާ ޓޭންކުތަކަކަށް ވެސް އީރާނުން ކާމިޔާބުކަމާއެކު ޙަމަލާ ދީފައިވާ ކަމަށް ޔަހޫދީންގެ ބައެއް ނޫސްތަކުަގައި ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުން އަލް ޖަލީލުލް އަޢުލާއާއި އަލް ޖަލީލުލް ޣަރީބީއާއި އައްނާޞިރާގެ އިތުރުން އަލް ޢަފޫލާއަށް ވެސް އީރާނުގެ ޙަމަލަތައް ވަނީ އަމާޒު ކޮށްފައެވެ. ޕްރެސިޝަން ޑްރޯން ބޭނުން ކޮށްގެން އީރާނުން ދިން ޙަމަލާގައި ކަރަންޓު ފޯރު ކުރުމަށް ޔަހޫދީން ބޭނުންކުރާ މައިގަނޑު ބިނާރަކަށް ޙަމަލާދީ ގެއްލުންތައް ދީފައިވެއެވެ. އޭގެ ސަބަބުން ޔަހޫދީ ދައުލަތުގެ ބޮޑު ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައެވެ. އީރާނުން އެންމެ ފަހުން ދީފައިވާ މި ޙަމަލާތަކަކީ އެ ޤައުމުން ޔަހޫދީންނާ ދެކޮޅަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާކަމަށް ބެލެވެއެވެ. އެ ޙަމަލާތައް ފެށުމުގެ ކުރިން އީރާނުން ވަނީ ޔަހޫދީ ވައިގެ އަަސްކަރިއްޔާގެ ޕައިލެޓުންނަށް އިންޒާރުދީ، ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ނަމަ އަމާން ދިނުމަށް ގޮވާލައިފައެވެ. އީރާނުގެ އޮޕަރޭޝަނުގެ ނަމަށް އިޝާރާތްކޮށް، އެ ޤައުމުން ވާ ވަޢުދަކަށް ކަމޭހިތާނެ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
އެންމެ ފަހުގެ ޙަމަލާތަކުގައި ޔަހޫދީންގެ ތިން މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައެވެ. ޔަހޫދީން ވަނީ އީރާނުން ޔަހޫދީ ދައުލަތަށް ދެމުންދާ ޙަމަލާތަކުގައި ލިބޭ ގެއްލުމުގެ ފޮޓޯއާއި ވީޑިޔޯ ޙިއްޞާކުރުން އެ ޤައުމުގެ މީީޑޔާތަކަށް މަނާ ކޮށްފައެވެ.
އީރާނުން ވަނީ ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ފުރިހަމައަށް ބައިވެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެ ޙަމަލާތަކުގައި އެމެރިކާގެ ޙިއްޞާ އޮތް ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަށަވަރު ކޮށްދެއްވައިފައެެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ޔަހޫދީންނަށް ތާއީދު ކޮށް ވާގުވެރިވާ ކަމަށާއި ޔަހޫދީން ދެމުންދާ ޙަމަލާތައް ވަރަށް ކާމިޔާބު ކަމަށެވެ. އޭނާ ވަނީ އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭ މަޝްވަރާތަކުގައި އެ ޤައުމުން ބައިވެރިނުވާ ނަމަ ޙަމަލާތައް ނުހުއްޓޭނެ ކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ. އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ބޭނުން ކުރުަމަށް އެމެރިކާއިން ގިނަ ޢަދަދެއްގެ ލޭސަރ-ގައިޑެޑް މިސައިލް ޔަހޫދީންނަށް ފޯރު ކޮށްދީފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ވަނީ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ ކާޔާ ކަލަސްއާ ވާހަކަ ދައްކަވައި، އެމެރިކާގެ ރައީސް ދެންނެވި ވާހަކަތަކާއި ދެއްވި މެސެޖަކީ، ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކަކީ އެމެރިކާއިން ޔަހޫދީންނަށް ވާގިވެރިވުމުގެ ސީދާ ނަތީޖާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
