
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެވެދު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއަން ހައިކޮމިޝަނުން އެކްސްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ކުރެވުނު ކަމަށާއި ރާއްޖޭގެ ރިޒާވް ރަނގަޅުވުމުގެ މައިގަނޑު އަސްލަކީ އެއީ ކަމަށެވެ.
India notes with satisfaction that the FX reserves increase in Maldives was driven by the $400 million drawdown under a currency swap between MMA & RBI in Oct 24, which alleviated imminent external liquidity strains as noted by Fitch credit rating for Maldives. pic.twitter.com/VQN2FFG2AL
— India in Maldives (@HCIMaldives) June 14, 2025
މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ. މިގޮތުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ‘ސީސީ’ ގައި ވަނީ ދަމަހައްޓާފައެވެ. 2025 ޖޫން 5 އަށް ރާއްޖެއިން 71 މިލިއަން ޑޮލަރުގެ ފިސްކަލް ސާޕްލަސްއެއް ރެކޯޑުކޮށްފައިވެއެވެ. މިއީ އާމްދަނީ އިތުރުވުމާއި ސަރުކާރުން ތަންފީޒުކުރި ބަޖެޓް ކޮންޓްރޯލްތަކުގެ ނަތީޖާއެކެވެ. މި ނަތީޖާތަކުން ދައްކުވައިދެނީ ޒިންމާދާރު މާލީ ކަންކަމާއި ހަރުދަނާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓަކަށް އައިސްފައިވާ ބަދަލެވެ.
ސަރުކާރުން މެދުރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލަމުންދާއިރު، ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް މާޙައުލު ރަނގަޅުކުރުމަށް ގެނެވޭ ސްޓްރަކްޗަރަލް އިޞްލާޙުތަކުގެ އެހީގައި ދައުލަތުގެ ދަރަނި ދަށަށް ދާނެ މަގެއް ހޯދުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
