
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މޯލްޑިވްސް ޒަކާތު ހައުސް”އިން މިއަހަރު ފުރަމަތަމަ ކުއާޓާގައި ފަގީރުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. ޒަކާތް ހައުސްއިން އާންމުކުރި ޖެނުއަރީ، ފެބްރުއަރީ، މާޗް އަދި އޭޕްރީލްގެ ރިޕޯޓުން ހާމަވާ ގޮތުގައި މިއަހަރު ފުރަތަމަ ކުއާޓާގައި ޖުމްލަ 370 މީހުންނަށް ވަނީ މި ފަންޑުން އެހީ ފޯރުކޮށްދީފައެވެ.
އެގޮތުން ބަލާއިރު:
ޖެނުއަރީ މަހު ބޭސްފަރުވާއަށް ދޫކުރި އެހީ:
- ޓްރާންސްޕްލާންޓް – 405،493.11 ރުފިޔާ
- ކެންސަރު – 199،303.50 ރުފިޔާ
- ޕުއްޕާމޭގެ ބަލިތަކަށް – 90،000 ރުފިޔާ
- ހިތުގެ ބަލިތަކަށް – 56،007.24 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް – 42،405 ރުފިޔާ
- ސިކުނޑީގެ ބަލިތަކަށް – 16،962 ރުފިޔާ
- އެހެނިހެން ބަލިތަކަށް – 699،737.21 ރުފިޔާ އެވެ.
ޒަކާތު ފަންޑުން ޖެނުއަރީމަހު މަހު 102 މީހަކަށް ބޭސްފަރުވާގެ އެހީ ވަނީ ހަމަޖައްސައިދީފައެވެ. މި މީހުންނަށް އެހީގެ ގޮތުގައި 761،287.50 ރުފިޔާ ވަނީ ދޫކޮށްފައެވެ. ހާއްސަ ހާލަތްތައް މެރުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތް ފަންޑުން 20،481 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފެބްރުއަރީ މަހު ބޭސްފަރުވާއަށް ދޫކުރި އެހީ:
- ކެންސަރު – 195،063 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް – 90،592.50 ރުފިޔާ
- ހިތުގެ ބަލިތަކަށް – 33،924 ރުފިޔާ
- ޓްރާންސްޕްލާންޓް – 25،443 ރުފިޔާ
- ސިކުނޑީގެ ބަލިތަކަށް – 12،721.50 ރުފިޔާ
- އެހެނިހެން ބަލިތަކަށް – 495،356 ރުފިޔާ އެވެ.
ޒަކާތު ފަންޑުން ފެބްރުއަރީ މަހު 89 މީހަކަށް ބޭސްފަރުވާގެ އެހީ ހަމަޖައްސާފައިވާއިރު، މި މަހު އެހީއަށް ހޭދަކޮށްފައި ވަނީ އެކަމަށް ހަމަޖެހުނު 853،100 ރުފިޔާގެ ތެރެއިން 759،128 ރުފިޔާއެވެ. ހާއްސަ ހާލަތްތައް މެރުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތް ފަންޑުން 20،481.03 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މާޗް މަހު ބޭސްފަރުވާއަށް ދޫކުރި އެހީ:
ޒަކާތު ހައުސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މާޗް މަހު 68 މީހެއްގެ ބޭސް ފަރުވާއަށް 847،278.50 ރުފިޔާ ހަރަދުކޮށްފައިވެއެވެ. ހާއްސަ ހާލަތްތައް މެރުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތް ފަންޑުން 3،397.94 ރުފިޔާ ވަނީ ދޫކޮށްފައެވެ.
- ކެންސަރު – 829،042.42 ރުފިޔާ
- ސިކުނޑީގެ ބަލިތަކަށް – 278،670.24 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް – 85،581 ރުފިޔާ
- ހިތުގެ ބަލިތަކަށް – 25،443 ރުފިޔާ
- ޕުއްޕާމޭގެ ބަލިތަކަށް – 22،157 ރުފިޔާ
- އެހެނިހެން ބަލިތަކަށް – 985،629.35 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެޕްރީލް މަހު ބޭސްފަރުވާއަށް ދޫކުރި އެހީ:
- ސިކުނޑީގެ ބަލިތަކަށް – 506،458.64 ރުފިޔާ
- ކެންސަރު – 301،075.50 ރުފިޔާ
- ހިތުގެ ބަލިތަކަށް – 54،240.50 ރުފިޔާ
- ޓްރާންސްޕްލާންޓް – 50،886 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް – 40،324 ރުފިޔާ
- އެހެނިހެން ބަލިތަކަށް – 772،646.87 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެޕްރީލް މަހު ޒަކާތް ފަންޑުން 1.7 މިލިއަން ރުފިޔާ ބޭސް ފަރުވާއަށް ހަމަޖައްސައިދިނެވެ. އޭގެތެރެއިން އެހީގެ ގޮތުގައި 111 މީހަކަށް 1،142،696.29 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ގުރްއާން ހިތުދަސް ކުރުމާއި ގުރްއާނުގެ އިލްމު ފެތުރުމަށް ފީސަބީލިﷲ ބައިން 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރިއެވެ. ހަމައެއާއެކު ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންނަށް މުސާރަ ދިނުމަށް އާމިލުންގެ ބައިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން ކުރާ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
