
އީރާނުގެ ހަަމަލާތަކުގައި އިސްރާއީލުން އިތުރު މީހަކު މަރުވެ، ޒަހަމްވި އަދަދު 80 އަށް އަރައިފިއެވެ. ޓައިމްސް އޮފް އިސްރާއިލުން ބުނީ ރެއާއި މިއަދު ފަތިހު އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލްގެ ގިނަ ރާޅުތަކެއް ފޮނުވާލި ކަމަށެވެ. އަދި މި ހަަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ބިންގަރާސްތަކަށް ވަންނަން ދިޔަ ކަމަށްވެސް ބުނެފައި ވެއެވެ. މި ހަމަލާތަކުގައި ގާތްގަނޑަކަށް 80 ވަރަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މީހަކަށް ލިބުނު ސީރިއަސް އަނިޔާތަކުގެ ސަބަބުން ހާލު ސީރިއަސްވިއިރު، އެ މީހުން މަރުވެފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
މެޖެން ޑޭވިޑް އަޑޮމް ބުނީ އިތުރު އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ބާކީ ތިބި މީހުންނަށް ކުދި ކުދި އަނިޔާތައް ލިބިފައިވާއިރު، ގިނަބަޔަކަށް ނަފްސާނީ ގޮތުން އަސަރު ކުރި ކަމަށްވެސް ބުނެފައި ވެއެވެ. އީރާނުގެ ހަމަލާގެ ފުރަތަމަ ރާޅުގައި ރޭ އެތައް ސަތޭކަ މިސައިލެއް ފޮނުވާލާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
