
(ފޮޓޯ ކްރެޑިޓްސް: އޭޕީ)
އީރާނުގެ ވެރިރަށް، ތެހެރާންގެ ރެސިޑެންޝަލް ކޮމްޕްލެކްސްއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 20 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 60 މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ބުނެފިއެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނާއި ހަވާލާދީ ސީއެންއެންއިން ބުނީ އެ އިމާރާތަށް ދިން ހަމަލާގައި 20 ކުޑަކުދިން މަރާލިއިރު، އޭގެ ތެރޭގައި އެންމެ ހަ މަސްޗީ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި ވެއްޓިފައިވާ އެ އިމާރާތުގެ ދަށުގައި 10 މީހެއްގެ ހަށިގަނޑު ވާ ކަމަށްވެސް ބުނެފައި ވެއެވެ.
އީރާނުގެ ޓީވީތަކުން ވަނީ ތެހެރާނުގެ ޝަހްރަކް-އޭ ޝާހިދު ޗަމްރާން ރެސިޑެންޝަލް ކޮމްޕްލެކްސްގެ 14 ބުރީގެ އިމާރާތް ހުންނަ ސަރަހައްދުގައި މަސައްކަތްތެރިން ސާފް ކުރާ މަންޒަރު ލައިވްކޮށް ދައްކާފައެވެ. އީރާނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުކުރު ދުވަހު ވިދާޅުވީ އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކުގައި 78 މީހަކު މަރުވެ 320 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ގައުމުގެ ދިފާއުގައި އެގައުމުގެ ރައްޔިތުން އެކަތިގަނޑަކަށްވުމަށް އީރާނުން ގޮވާލާފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމަށް ހިތްވަރު ދީ ވާހަކަ ދައްކައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
