
މެދުއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާތައް ދޭނެ ކަމަށް އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް ހުއްޓިފައި އޮތުމުގެ ސަބަބުން ފަހަކަށް އައިސް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. އަދި އިއްޔެ ރޭ އެމެރިކާއިން އަސްކަރީ ގޮތުން ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އިސްރާއީލުން އީރާނަަށް ދިން ހަމަލާތަކާއެކު އެ ދެގައުމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލާއި ހަވާލާދީ އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލަށް ދޭ ހަމަލާތައް ދެމިއޮންނާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަނުޖެހުންތައް ފެތުރިގެން ދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ. ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ ފާސް ނޫހުން ބުނީ ރޭ ދިން ހަމަލާތަކާއެކު މި ކުރިމަތިލުން ނިމުމަކަށް ނާންނާނެ ކަމަށާއި އީރާނުގެ ހަމަލާތައް ދެމިއޮންނާނެ ކަމަށެވެ. އަދި މިއަމަލަކީ، އަނިޔާވެރިވާ މީހުންނަށް ވޭންދެނިވި އަދި ހިތާމަކުރާނެ ކަމެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މެދު އިރުމަތީގައި އިސްރާއީލު ނުލާ 16 ގައުމެއް އޮންނައިރު، މެދުއިރުމަތީގައި އެމެރިކާގެ ސިފައިން ގާއިމްވެގެން ތިބޭތާ އެތައް އަހަރެއް ވެދާނެއެވެ. އަދި މިހާރު ވެސް ގާތްގަނޑަކަށް 40،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް ސިފައިން 19 ތަނަކަށް ވުރެ މަދު ނޫން ތަނެއްގައި ތިބޭ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
