
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، 60 ވަނަ މިނިވަން ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެވުޒާރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް މިފަރު ކުރިއަށްގެންދަން ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ކަމާބެހޭ ތާރީޚީ މަޢުލޫމާތު އާންމުކުރުމާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްދާކަމަށާއި، އެގޮތުން އެހެންއަހަރުތަކެކޭވެސް އެއްގޮތަށް ޤައުމީ ދިފާއީ ބަރުން ކުރިއަށްގެންދާ ހަރަކާތްތަކާއި މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ފުޅަނދުބުރެއްވެސް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“އެނޫން ބައެއް ކަހަލަ ހަރަކާތްތައްވެސް މާލެއާއި ހުޅުމާލޭގަވެސް އޮންނާނެ. އޭގެއިތުރަށް ޓީވީ ރޭޑިއޯ މެދުވެރިކޮށް ބައެއްކަހަލަ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ޝައުޤުވެރި ޕްރޮގްރާމްތައް އާންމުކުރެވޭނެ. އެ މަސައްކަތް މިހާރު އެބަދޭ ކުރިއަށް” ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ، މި ޒަމާނުގަ މިފަދަ ދުވަސްތަައް ރަސްމީކޮށް ފާހަގަކުރުމަކީ މުހިއްމުކަމަށާއި، މި ކަންކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީ އެހާމެ މުހިންމު ހަނދާންތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެބައެއްގެ ތާރީޚް، އެބައެއްގެ ތަރިކަ ނުވަތަ އެބައެއްގެ އަސަރުތައް ޖީލުތަކަށް ވާސިލުވާންޖެހޭކަމަށެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26ވަނަ ދުވަސް ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ބައެއް ހާލަތްތަކާ ގުޅިގެން ބައެއް އަހަރުތަކުގައި މިނިވަންދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ކުރިއަށް ނުގެންދާ ކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ 2024ވަނަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ބާއްވާފައި ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުވެސް މިނިވަން ދުވަސް ޚައްސަ ޖަލްސާ ވަނީ ބާއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
