
އަހަރުގެ ފުރަތަމަ 5 މަަސް ނިމުނުއިރު ބޭނުން ކުރޭ ރިޒާވް 217 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މޭ މަސް ނިމުނު އިރު ބޭނުން ކުރޭ ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން އެޕްރީލް މަހު ބޭނުން ކުރެވޭ ރިޒާވް، 171.3 މިލިއަން ޑޮލަރުގައި ހުރިއިރު، މޭ މަހުގެ ނިޔަލަށް މިއަދަދު ވަނީ 217.88 މިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން މަހުން މަހަށް ބޭނުން ކުރެވޭ ރިޒާވް ވަނީ 46.58 މިލިއަން ޑޮލަރު އިތުރުވެފައި ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކައެވެ.
ބޭނުން ކުރޭ ރިޒާވް އިތުރުވެފައިވީނަމަވެސް، ރަސްމީ ރިޒާވް އެޕްރީލް މަހާއި އާޅާ ބަލާއިރު ދަށްވެފައެވެ. މިދިޔަ އޭޕްރީލް މަހު ރަސްމީ ރިޒާވް ހުރީ 865.34 މިލިއަން ޑޮލަރުގައެވެ. ނަމަވެސް މޭއި މަސް ނިމުނު އިރު މިމިންވަރު ވަނީ 5 އިންސައްތަ ދަށްވެފައެވެ. މޭއި މަހު ރަސްމީ ރިޒާވް ހުރީ 815.82 މިލިއަން ޑޮލަރުގައެވެ. ރަސްމީ ރިޒާވް ދަށްވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް އިތުރުވެފައިވާއިރު، ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ބޭރުފައިސާގެ ވަކިއިންސައްތައެއް ބޭންކުތަކަށް މާރުކުރަން މިއަހަރު ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވެއެވެ. މީގެ ތެރެއިން 60 އިންސައްތަ ބޭންކު ތަކުން އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. ނަމަވެސް ޤަވާއިދަށް ބަދަލު ގެނެސް މިއަހަރު ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 90 އިންސައްތަ އެމްއެމްއޭއަށް ވިއްކުމަށް ވަނީ ލާޒިމްކޮށްފައެވެ.
ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާއިރު، ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އަށް ބަދަލު ނުގެނެސް މިހާރު އޮތް ސީސީ ރޭޓިންގް ގައި ދަމަހައްޓާފައެވެ. މީގެ ކުރިން ރޭޓިންއަށް ބަދަލު ގެނައިއިރު ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަކޮށްފައިވާ ރޭޓިން އަށް ބަދަލު ގެނައި އެއް ސަބަބު ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ރިޒާވަށް ހުރި ގޮންޖެހުންތަކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
