
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފިއެވެ. ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ރާއްޖެއައިސްފައިވާއިރު، މި ފްލައިޓުން 230 އަށްވުރެ ގިނަ ޙައްޖާޖީން ވަނީ ރާއްޖެއައިސްފައެވެ. ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައިވަނީ ސަޢޫދީ އެއަރލައިންގެ ފްލައިޓެއްގައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ. މިއީ މަދީނާ މަގުން ސީދާ ރާއްޖެއައުމަށް ޙައްޖުވެރިން ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރުކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ. ނަމަވެސް މިއަހަރު ޙައްޖުގެ އިންތިޒާމުތައް ފަސޭހަކޮށް، އަދި ޙައްޖާޖީންނަށް ލުއިގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު މަދީނާއިން ރާއްޖެ ދިއުމަށް ފުރުމެވެ. މި ބަދަލު ގެނައި އެއް ސަބަބަކީ، ދިގު ދަތުރުތަކަށްފަހުއާއި، ޙައްޖުގެ އަޅުކަމަށްފަހު ބައެއް ޙައްޖާޖީންނަށް ވަރުބަލިކަން އިހްސާސްކުރެވޭތީ، އެފަރާތްތަކަށް ލުއި ހޯދައިދިނުމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ހައްޖު މިޝަން)
ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އަންނައިރު މަރުޙަބާ ކިޔަން ވީހާވެސް މަދުން އެއަރޕޯޓަށް މީހުން ދިއުމަށާއި ޙައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޢާއްމުގޮތެއްގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށްފަހު އަންނަ މީހުންނަށް ރޯގާ ޖެހެއެވެ. އެހެންކަމުން އެފަރަތްތަކުން ސަމާލުކަންދޭންވީ ކަންކަން އެޗްޕީއޭއިން ވަނީ ހަނދާކޮށްދެއްވާފައެވެ.
ޙައްޖުން އެނބުރި އައުމަށްފަހު ސަމާލުކަން ދޭންވީ މުހިއްމު ކަންކަން. 🕋 #Hajj2025 pic.twitter.com/kK2Y2Ceigg
— Health Protection Agency (@HPA_MV) June 12, 2025
އެޗްޕީއޭއިން ވަނީ ޙައްޖުގެ އަޅުކަމަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސާ، ކިނބިހި އަޅާނަމަ ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޙައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އުމުރުން ދުވަސްވީ މީހުން ދިވެހި ޙައްޖުވެރިންގެ ތެރޭގައި ގިނަ ނަމަވެސް ޞިއްޙީ ގޮތުން މާ ބޮޑު މައްސަލަތަކެއް ކުރިމަތިނުވެ، ޙައްޖުވެރިން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރަކީ ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އަހަރުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިތުރުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ޙާޖީންވެސް ފާހަގަކުރެއްވިއެވެ.
މިގޮތުން ޙައްޖާޖީން ރާއްޖެއިން ފުރައިގެން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި މައްކާގެ ހޮޓަލާއި ހަމައަށް ދެވޭނެގޮތް އިންތިޒާމުވުންވެސް ވެގެންދިޔައީ ޙައްޖާޖީންނަށް ލިބުނު ބޮޑު ލުއިފަސޭހައަކަށެވެ. މީގެ އިތުރުންވެސް ޙައްޖުގެ މަޝާއިރުތައް ފުރިހަމަކުރުމުގައި ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
