
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ)
ޙަޤީޤީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތްﷲ ރުއްސަވައި ވޮޑިގަންނަވާ ގޮތަށް ޢަމަލުތައްބަހައްޓައި، ދާއިމީ ނިޢުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް ހިވާގިކަމާއެކު މަސައްކަތްކުރާ މީހުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ “ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ” މި މައުޟޫއެވެ. ތަވާޟުޢުވެރިކަން މާނަކޮށްދެއްވައި ޚުތުބާގައި ވިދާޅުވީ ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ނުވަތަ މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. އަދި އެއީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. ޚުތުބާގައި ވިދާޅުވީ، އެސިފައިގައި ހިފަހައްޓައިފިމީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިޢުމަތާއި ބާއްޖަވެރިކަން ދެއްވާނެކަމަށެވެ.
ތަވާޟުޢުވެރިކަމަކީ އުޚްވަތްތެރިކަން ފެތުރިގެންދާ ސަބަބެެއްކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، އެއީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެެއްކަމަށެވެ. “މުސްލިމުންގެ އުޚްވަތްތެރިކަމަކީ އެންމެހައި ޢުމުރުފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަންޖެއް، ފަޤރެއް ނުވަތަ ޢަރަތްބެއް، ޢަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތު ވަނީ ހަމައެކަނި އެމީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންނެވެ” ޚުތުބާގައި ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ)
މީގެއިތުރުން، ޚުތުބާގައިވަނީ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް، މާތްﷲގެ ހަޟްރަތަށް ތަވާޟުޢުވެރިވުމަށް ގޮވާލައްވާފައެވެ. އަދި ޢުމުރު ކިތަންމެ ދިގުވިޔަސް، މިދުނިޔެއާ އަލްވަދާޢު ކިޔަން ޖެހޭނެކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، މާތްﷲގެ ހަޟްރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށްވާން ބޭނުންނަމަ، އެމީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާގުގައި ހިފެހެއްޓުންކަމަށެވެ.
މީގެއިތުރުން، އެކަލާނގެ ތަޢާޟުޢުވެރީންގެ ދަރަޖަ އުފުއްލަވާ، ކިބުރުވެރިންދެކެ ކޯފާވެވޮޑިގަންނަވާ، އެ މީހުންގެ ދަރަޖަ ދަށްކުރައްވާކަން ފާހަަގަކުރައްވާ ޚުތުބާގައި ވަނީ ޢިލްމުވެރިންނާއި އެކިއެކި މަޤާމުތަކަށް އިސްކުރައްވާފައިވާ ފަރާތްތަކާއި، އެންމެހާ މީސްތަކުން ﷲއަށް ތަވާޟުޢުވެރިވުމަށް ގޮވައިލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
