
(ފޮޓޯ ކްރެޑިޓްސް: މީރާ)
މިދިޔަ މެއި މަހު 2.18 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު %30.5 އިތުރުއަދަދެކެވެ. އަދި މިއީ މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.3 އިތުރު އަދަދެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީރާއިން މަޢުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މެއި މަހުގެ އާމްދަނީ 2024 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
އެގޮތުން މިދިޔަ އަހަރުގެ މާރޗްމަހާއި އަޅާބަލާއިރު މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ %4.8 އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީތަކަށް ކުރިއެރުން ލިބިފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓް ބޮޑުކުރުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާއި ގުޅިގެން މިިދިޔަމަހުގެ އާމްދަނީ އިތުރުވިކަމަށް މީރާއިން ވިދާޅުވެއެވެ. މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަންދަޒާކުރިވަރަށްވުރެ އިތުރުވުމާއި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމުންނެވެ.
މީގެ އިތުރުން މޭ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރާ ބިންތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށްޓަކައި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ފީ ދައްކާފައިވާތީ އަންދާޒާ ކުރި ޖުމުލަ އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަމަށްވެސް މިރާއިން ވިދާޅުވިއެވެ. މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.5 ނުވަތަ 1.36 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 204.9 މިލިޔަން ރުފިޔާއެވެ.
ހަމައެހެންމެ އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 167.5 މިލިޔަން ރުފިޔާ، ޑިޕާޗާރ ޓެކުހުގެ ގޮތުގައި 165.1 މިލިޔަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 133.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ވާރކް ޕާމިޓް ފީގެ ގޮތުގައި 63.9 މިލިޔަން ރުފިޔާވެސް ބަލައިގަނެފައިވެއެވެ. މިއަހަރުގެ މެއި މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.74 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
