
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޔޫއޭއީގެ އެއަރ އަރަބިއާއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ސަބަބެއްކަމަށް ބުނެފައިވަނީ ޑިމާންޑް އިތުރުވުމެވެ. އެއަރ އަރަބިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށީ މިދިޔަ އޮކްޓޫބަރ 27 ގައެވެ. މިހާރު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދަނީ ދުވާލަކު 1 ދަތުރެވެ. ނަމަވެސް އަންނަ އޮކްޓޫބަރ 27 އިން ފެށިގެން ދުވާލަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.
އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ. އެއާ އެރޭބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ރާއްޖެ ފަދަ ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ފްލައިޓުތައް އިތުރުކުރަން ނިންމީ، ރާއްޖެއަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނާތީކަމަށެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރަމުންދާއިރު ޑިމާންޑް އިތުރުވާތީ ގިނަ އެއަރލައިންތަކުން ދަނީ ދަތުރުތައް އިތުރުކުރަމުންނެވެ.
ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް ރައްޖެއަށް 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
