
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެއަރ އިންޑިޔާގެ ދަށުން އޮޕަރޭޓު ކުރާ މަތިންދާބޯޓަކަށް ބޮމުގެ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު، ތައިލެންޑުގެ ވެރިރަށް ބެންގކޮކުގައި އެ މަތިންދާބޯޓު ޖައްސައިފިއެވެ. ބޮމުގެ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައި ވަނީ ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިޔާގެ ވެރިރަށް ނިއު ދެއްލީއަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓަކަށެވެ. ބޮމުގެ އިންޒާރާ އެކު އެ މަތިންދާބޯޓު ބެންގކޮކުގައި ޖައްސާފައި ވަނީ ކުއްލިހާލަތުގައެވެ. ބޮމުގެ އިންޒާރު ދީފައި ވަނީ އެއަރ އިންޑިޔާގެ ދަށުން އޮޕަރޭޓު ކުރާ ވިސްޓާރާގެ މަތިންދާބޯޓަކަށެވެ.
ތައިލެންޑުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާގެ އޮފިޝަލަކު ބުުނީ، ފްލައިޓް އޭއައި 379 ބެންގްކޮކުގެ ވައިގެ ބަނދަރުގައި ޖެއްސުމާ އެކު، ކުއްލިހާލަތުގައި އެ މަތިންދާބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ބާލައި، އުޅަނދު ހުސް ކޮށްފައިވާ ކަމުގައެވެ. އެ މަތިންދާބޯޓުގައި 156 ފަސިންޖަރުން ދަތުރު ކުރަމުން ދިޔައެވެ. އެ މަތިންދާބޯޓު ނިއު ދެއްލީއަށް ދިޔުމަށް ފުރާފައި ވަނީ ތައިލެންޑު ގަޑިން ހެނދުނު 9:30ހާއިރެވެ. ބޮމެއް ގޮއްވައިލާނެ ކަމުގެ އިންޒާރު ދީފައި ވަނީ އަންދަމަން ކަނޑުގެ ސަރަޙައްދުން މަތިންދާބޯޓު ދަތުރު ކުރަމުން ދަނިކޮށެވެ.
އެއަރ އިންޑިޔާގެ މަތިންދާބޯޓަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައި މި ވަނީ، އެ އެއަރލައިންގެ އެހެން މަތިންދާބޯޓެއް ވެއްޓި، އޭގައި ދަތުރު ކުރަމުން ދިޔަ 240އަށްވުރެ ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. ޖޫން 12ވަނަ ދުވަހު ހިނގި ހާދިސާގައި މަތިންދާބޯޓު ވެއްޓިފައި ވަނީ އިންޑިޔާގެ ގުޖަރާތު ސްޓޭޓްގެ އަޙްމަދުއާބާދުގެ ވައިގެ ބަނދަރުން ފުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. މަތިންދާބޯޓު ވެއްޓިފައި ވަނީ މޭގާނީނަގަރް ކިޔާ ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ.
އަޙްމަދްއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދިޔުމަށް ފުރި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވެފައި ވަނީ އެންމެ ފަސިންޖަރެކެވެ. އޭނާ ސަލާމަތްވީ، މަތިންދާބޯޓު ވެއްޓެން ދިޔަ ދަނޑިވަޅުގައި، އެ އުޅަނދުން ފުންމައިލައިގެން ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނުވަ ގަޑިއިރުގެ ދިގު ދަތުރަކަށް އެއަރ އިންޑިޔާގެ ފްލައިޓް އޭއައި171 މަތިންދާބޯޓު ފުރިއިރު އެ އުޅަނދުގައި ތިބީ 230 ފަސިންޖަރުންނާއި 12 ފަޅުވެރިންނެވެ. ފަސިންޖަރުންގެ ތެރޭގައި ގިނައީ އިންޑިޔާގެ ރައްޔިތުންނެވެ. އެ ގޮތުން އިންޑިޔާއަށް ނިޞްބަތްބާ 169 ރައްޔިތުންނާއި އިނގިރޭސިވިލާތަށް ނިޞްބަތްވާ 52 ރައްޔިތުންނާއި ޕޯޗުގަލަށް ނިޞްބަތްވާ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ އެކަކު އެ މަތިންދާބޯޓުގައި ދަތުރު ކުރިއެވެ.
އެ ހާދިސާއާ ގުޅުވައި އެއަރ އިންޑިޔާގެ އެހެން މަތިންދާބޯޓެއްގައި ބޮމެއްގައި ގޮއްވައިލާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެ އިންޒާރާ ގުޅޭ އިތުރު ތަފުސީލު ތައިލެންޑުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ސާފުކޮށްދީފައެއް ނެތެވެ. އެއަރ އިންޑިޔާއިން ވެސް އެ ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އިންޑިޔާގެ އެއަރލައިންތަކާއި ވައިގެ ބަނދަރުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަކީ މަދުން ހިނގާ ކަމެއް ނޫނެވެ. ހުސްވި އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި އެ ފަދަ 1,000 އިންޒާރުގެ ކޯލާއި މެސެޖު ލިބިފައިވާ ކަމުގައި ތަފާސްހިސާބުތަކުން ސާފުވެއެވެ. އެއީ، 2023ވަނަ އަހަރާ އަޅައިބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
