
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖެއަށް ދީފައިވާ “ސީސީ” ރޭޓިންގ ދަމަހައްޓައިފިއެވެ. ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް، ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދެމެހެއްޓި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުން ވަނީ ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.
ފިޗްގެ ރޭޓިންގ ދެމެހެއްޓުމާއި ގުޅިގެން މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު މިހާތަނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 9.4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިއީ 2025ވަނަ އަހަރަށް ފިޗްއިން ލަފާކުރާ ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމެއްގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރެއެވެ. މިއާއެކު ވެލާނާ އެއަޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން، ސަރުކާރުން 2026 ވަނަ އަހަރު ޖީ.ޑީ.ޕީ.ގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށް ލަފާކުރާކަމަށް މާލީ ވުޒާރައިން ވިދާޅުވެއެވެ.
ފިޗުގެ ރޭޓިން ދެމެހެއްޓުމުގައި މާލީ ދެމެހެއްޓިނިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ. މާލީ ވުޒާރާއިން ވަނީ މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާއިން އަރަނިވެފައިވާކަން ފާހަގަކޮށްފައެވެ. މިގޮތަށް ހިފެހެއްޓިފައިވަނީ، މިއީ އާމްދަނީ ރަނގަޅުވެ، ހަރުދަނާ ބަޖެޓު ކޮންޓްރޯލްތަކެއްގެ ތެރެއިން ޚަރަދުތައް އެކަށީގެންވާ މިންވަރަކަށް ގެނައުމުގެ ސަބަބުންކަމަށް މާލީ ވުޒާރައިން ވިދާޅުވެއެވެ. މާލީ ވުޒާރާޢިން ވަނީ، އެއަރޕޯޓް ޓެކުހާއި ފީތައް، ގްރީން ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ރޭޓުތައް މުރާޖަޢާކުރުން ފަދަ އާމްދަނީގެ އައު ސިޔާސަތުތަކުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ހިމެނޭގޮތަށް އާމްދަނީ ވަރަށް ބޮޑަށް ވަނީ އިތުރުވެފައިކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މިހާތަނަށް ތަންފީޒުކޮށްފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާއެކު، އުފެއްދުންތެރިކަން އިތުރުވެ، އިންވެސްޓްމަންޓް މާޙައުލު ހަރުދަނާވެ، ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެ ދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ބޭރު ފައިސާއާ ގުޅޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވާކަން ފިޗްގެ ރޭޓިން އެކްޝަނުގައި ދައްކުވައިދެއެވެ. މި މާލީ އިސްލާހުތަކުގެ ސަބަބުން، އޭޕްރީލް 2025ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މެދުރާސްތާގައި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެކަމަށް ބެލެވޭ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ފިޗުން މިދިޔަ އަހަރު ދިން ރޭޓިންއަށް ބަދަލު ނުގެނެސް ދަމަހައްޓާފައިވާއިރު އިންވެސްޓަރުންގެ އިތުބާރު ހޯދުމާއި އިޤްތިޞާދުގެ ބިންގާ ވަރުގަދަކުރުމުގައި މުޅި އިޤްތިޞާދު ދެމެހެއްޓުމާއެކު، ހާމަކަން ބޮޑުކުރުމަށާއި ނަތީޖާއަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެއް ގެންގުޅުއްވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ހަމައެއާއެކު، މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި އުފެއްދުންތެރިކަން އިތުރުކޮށް ޖުމްލަ އިންވެސްޓްމަންޓް މާޙައުލު ރަނގަޅުކުރުމަށް އަމާޒުކޮށްގެން ސްޓްރަކްޗަރަލް އިޞްލާޙުތައް ތަޢާރަފުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
