
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
އަންނަ މަހު ފަށާ އެއްވަނަ އޭޝިއާ މެންސް އަންޑަރ 17 ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ގުރޫޕް ޑީގައި ރާއްޖެ ހިމެނިއްޖެއެވެ. ޖުލައި 1-11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫފްގައި ދެން ހިމެނެނީ ކޮރެއާ، އީރާން އަދި އުޒްބަކިސްތާނެވެ. އޭޝިއާގެ ޤައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުން އަންނަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވަމުންނެވެ.
ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ކުވެއިތު، ބަހްރެއިން އަދި ހޮންގކޮންގއެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޤަތަރު އަދި ޗައިނާއެވެ. ގްރޫޕް ސީގައި ހިމެނެނީ އުރުދުން، ޗައިނީސް ތައިޕޭ އަދި އިންޑިއާއެވެ. އެއްވަނަ އޭޝިއާ މެންސް އަންޑަރ 17 ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަށް ހިމެނޭ ގުރޫޕުތައް އޭޝިއާ ހޭންޑްބޯލް ފެޑެރޭޝަނުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
