
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކުއަލިފައަރސްއަށް ރާއްޖޭގެ އަންހެން ޓީމު ވަރަށް ރަނގަޅަށް ތައްޔާރުކުރެވިއްޖެ ކަމަށް ޓީމުގެ ހެޑް ކޯޗު ގުރެއިޝް އަފްރާހް ބުނެފިއެވެ. މުބާރާތަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގުރެއިޝް ބުނީ ރާއްޖޭގެ އަންހެން ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއްވެސް ހިމެނިފައިވާތީ ހިތްހަމަޖެހޭ ކަމަށެވެ. ”ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައޭ މިއޮތީ ބުނެވިދާނެ. ސީނިއާ ޓީމުގެ ތިން ކުޅުންތެރިން ހިމެނުމާއެކީގައި އަނެއްކާ އެ ކުޅުންތެރިންނަކީ މިދިޔަ ސާބާ މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިން“ ކޯޗު ބުންޏެވެ.
16 އަހަރުން ދަށުގެ އަންހެން ބާސްކެޓް ބޯޅަ ޓީމު ތައްޔާރު ކުރަމުގެ މަސައްކަތް 2023 އިން ފެށިގެން ކުރިޔަށް ގެންދާ ކަމަށާއި މީގެ ނުވަ ހަފްތާ ކުރިން ފެށިގެން މި މުބާރާތަށް ތައްޔާރުވަމުން އަންނަ ކަމަށް ކޯޗު ބުންޏެވެ. މި މުބާރާތަށް ޓީމު އެކުލަވާލުމަށް ރޯދަމަހު ޓްރައި އައުޓްސްތައް ބާއްވާފައިވާއިރު ފަރިތަކުރުންތައް ފެށީ ރޯދަމަހަށްފަހު އީދު ނިންމާފަ ކަމަށް ގްރޭޝް ފާހަގަ ކުރިއެވެ.ރާއްޖޭގެ އަންހެން ޓީމުގެ ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު 17:30 ގައެވެ.
ގުރައިޝް ބުނީ މި މުބާރާތަށް ތައްޔާރުވުމުގައި ވަސީލަތްތަކުގެ ދަތިކަމާހުރެ ޓްރެއިންތަކަާމެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށާއި ވަސީލަތްތައް ހުރިނަމަ މިއަށްވުރެ ފުރިހަމައަށް މިއަށްވުރެ ރަނގަޅަށް ޓީމު ތައްޔާރު ކުރެވޭނެ ކަމަށެވެ. އަންހެންޓީމުގެ ކޯޗު ގުރެއިސް ބުނީ ވީހާވެސް ގިނަ ސަޕޯޓަރުން މެޗުތައް ބަލަން އައިސް ރާއްޖޭގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް އެދޭކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
