(ވީޑިއޯ ކްރެޑިޓްސް: އެންޑީޓީވީ)
އަހްމަދުއާބާދު އެއަރޕޯޓުން ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި 242 މީހުން އުފުލަމުން ދިޔަ އެއަރ އިންޑިއާގެ ބޯއިންގ 787-8 ޑްރީމްލައިނަރ މަތިންދާބޯޓެއް ވަނީ ވެއްޓިފައެވެ. މިބޯޓު ދަތުރު ކުރަމުންދިޔައީ ލަންޑަނަށެވެ. މި މަތިންދާބޯޓުގައި 232 ފަސިންޖަރުންނާއި 10 އެއަރ ކްރޫ ތިބިއެވެ. މަތިންދާބޯޓު ތިރިން ދަތުރުކުރަމުން އަދި އުދުހުމަށް މަސައްކަތްކުރަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގައި ފެންނަނީ މަތިންދާބޯޓު ބިމުގައި ޖެހި އަދި ގޮވާގެން ދިޔަ މަންޒަރެވެ. މަތިންދާބޯޓު ވެއްޓުނީ އުދުހުމަށްފަހު 5 މިނެޓު ވަންދެން ދަތުރުކުރުމަށްފަހު މެންދުރުފަހު 1:38 ގައެވެ.
އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހާދިސާއެއް ދިމާވެފައިވަނީ އަހްމަދުއާބާދު އިން ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރަމުންދިޔަ ފްލައިޓް ނަންބަރު AI 171 އަށްއަށް ކަމަށެވެ. “މިވަގުތު އަޅުގަނޑުމެން ދަނީ މި ހާދިސާގެ ތަފްސީލުތައް ހޯދަމުންނެވެ. އަދި އިތުރު މަޢުލޫމާތު ލިބުމުން ވީހާވެސް އަވަހަކަށް ހިއްސާކުރާނަމެވެ،” އެއަރ އިންޑިއާއިން ބަޔާނުގައި ބުނެފައިވެއެވެ. ހާދިސާ ހިނގި ސަރަހައްދުން ފެންނަ މަންޒަރުތަކުގައި ވަނީ ބިމުން މައްޗަށް އަރަމުންދާ ބޯ މުޅިކުލައިގެ ދުމެކެވެ. މަދުވެގެން 24 އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް އައިސްފައެވެ. އަދި ބައެއް އެމްބިއުލާންސްތަކުން ވަނީ ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް އެހެން މަގުތަކަށް ބަދަލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
