
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށްފަހު ޖުޑީޝަރީ ކޮމިޓީން ދެ ބޭފުޅުންނަށްވެސް ރުހުން ދޭން ފާސްކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ަޢއްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާއަށެވެ. އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވެވުމުން ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ދެ ބޭފުޅުންވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ޝަރުތުހަމަވާކަމަށް ފާސްކޮށްފައެވެ.
ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުން މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ. ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ނަންތައް ހުށަހަޅުއްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ދެ މަގާމެއް ހުސްވެފައިވާތީއެވެ. 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ފޮނުއްވެވީ ޖޭއެސްސީގެ ލަފަޔާއެކުގައެވެ. ސުޕްރީމް ކޯޓަށް ބޭފުޅުން އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ.
About Post Author
މާދަމާ ނިއުސް
އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ
(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު...
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ލަންކާއިން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައިވަނީ...
ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލަންކާއާއެކު މަޝްވަރާކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ޜައީސް އޮފީސް) ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާގެ ރައީސް...
“މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތަށް މި މަހު ޗައިނާގެ ޓީމެއް...
“ޕީއެސްއެމް ނިއުސްއަކީ ޤައުމިއްޔަތަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، ދިވެހި ބަހާއި ޤައުމިއްޔަތާއި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަށް އިސްކަންދޭ...
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި...
