
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ މެޝިނަރީޒްތައް މިއަހަރު ނިމެންވާއިރަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އާރްޑީސީން ކުރިއަށްގެންދާ މަސައްކަތްތައް ލަސްވާ ސަބަބެއްކަމަށް ސަރުކާރުން ވިދާޅުވެފައިވަނީ އެކަށީގެންވާ ވަޞީލަތްތައް ނެތުންކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވީ އިންސާނީ ވަޞީަލަތްތައް ޤާއިމްކުރުމުގެ އިތުރަށް އެކުންފުންޏަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި އެހެނިހެން އިދާރާތަކާ ގުޅިގެން މުވައްޒަފުންގެ ކުރިއެރުމާއި ޤާބިލްކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު އޭގެ ތެރެއިން ގިނަ މަޝްރޫޢުތައް ނުނިމި ލަސްވުމުގެ ކަންބޮޑުވުންތައް އޮވެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެފައިވަނީ އާރްޑީސީގެ މަސައްކަތްތައް ކުރުމަށް އެކުންފުނީގައި އެކަށީގެންވާ މެޝިނަރީޒްތައް ނެތުންކަމަށެވެ. މިކަމަށް އަލިއަޅުވާލައްވާ ޒުހައިރު ވިދާޅުވީ ސަރުކާރާ ގުޅިގެން އެކުންފުންޏަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އެ ވަޞީލަތްތައް ލިބިއްޖެނަމަ މިހާރަށްވުރެ ބޮޑަށް މަސައްކަތްތަކުގެ ސްޕީޑް ހަލުވިވެގެންދާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އާރްޑީސީ)
ޒުހައިރު ވިދާޅުވީ މިވަގުތު އެ ކުންފުނީގައި ހުރި ގިނަ މެޝިނަރީޒްތަކަކީ ކުއްޔަށް ނަގައިގެން ގެންގުޅޭތަކެތިކަމަށެވެ އަދި ގިނަފަހަރަށް ކުއްޔަށް ނަގާ މެޝިނަރީޒްތަކަކީ އޭގެ ޒާތުގައި ރަނގަޅަށް މަސައްކަތް ނުކުރާތަކެތިކަމަށެވެ. އެހެންކަމުން އައު މެޝިނަރީޒްތައް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރު ނިމެންވާއިރަށް އެތަކެތި ލިބުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.
“އެ މެޝިނަރީޒްތައް ރަނގަޅުކުރުމަކީވެސް ވަރަށްބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް. ކޮލިޓީ ޕްރޮޑަކްޓެއް ދިނުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އެކަން ކުރެވޭނީ ކޮލިޓީ މެޝިނަރީޒް އަތުގައި ހުރެގެން. އުންމީދަކީ އަހަރު ނިމޭއިރު އަތުގައި ބޭނުންވާ މެޝިނަރީޒް ހުރުން. އެކަމަށް މާލީ ވުޒާރާއިން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ” އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަގު ހެދުމުގެ 27 މަޝްރޫޢެއް ކުރިއަށްގެންދަމުންނެވެ. މިމަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު މިއީ ކުރީސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކެކެވެ. ޒުހައިރު ވިދާޅުވީ މިމަސައްކަތްތަކުގެ ތެރެއިން މިއަހަރު 10 ރަށުގެ މަގު ހެދުމުގެ މަސައްކަތް ނިންމާލުމަކީ އަމާޒެއްކަމަށެވެ. އަދި ސަރުކާރު ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް އެކުންފުނިން ހަވާލުވެ ކުރަމުން އަންނަކަމަށާއި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން ކުނި ކޮށިތައް ތަރައްޤީކުރުމާއި ޕޮލިސް ޕޯސްޓްތަކާއި ދަނޑުތައް ފަދަ މަޝްރޫޢުތައް މިއހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
