
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ. ކޮލިފައިންގެ ގުރޫޕްއޭ ގައި ޓިމޯ ލެސްޓޭ އާއި ބައްދަލުކުރި މިމެޗުން ދިވެހި ޓީމް ބަލިވީ 1-0 ންނެވެ. އޮސްޓްރޭލިއާގެ ޑާވިންގައި ކުޅުނު މެޗުގައި ރާއްޖެއަށް މާ އެދެވޭ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މުޅި މެޗުގައި ވެސް ދިވެހި ޓީމުގެ ފަރާތުން ފެނުނީ ދަށްކުޅުމެކެވެ. ފީފާ ރޭންކިންގައި ރާއްޖެއަށް 30 ދަރަޖަ ފަހަތުގައި އޮތް ޓިމޯ ލެސްޓޭއިން ވަނީ ރަނގަޅު އެޓޭކިންގ ގޭމެއް ކުޅެ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޓިމޯ ލެސްޓޭއިން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރިއިރު ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ރާއްޖޭގެ ގޯލު ބެލެހެއްޓި ހުސެއިން ޝަރީފެވެ.
މުޅި މެޗުގައި ވެސް ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގައެވެ. ޕެނެލްޓީ އޭރިޔާތެރެއިން ހަމްޒާ މުހައްމަދު ޖައްސާލި ބޯޅައެއް އަލީ ފާސިރު ފޮނުވާލުމުން ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވީ ކީޕަރު އަތުގަ ޖެހިފައެވެ. މެޗުގައި ޓިމޯ ލެސްޓޭ އިން ޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮއްދިނީ، އެޓީމުގެ ކެޕްޓަން ޕައުލޯ ޑޮމިންގޮސް އޭރިއާތެރެއިން ހުރަސްކޮއްލި ބޯޅަ ހާސްކަމެއް ނެތި ގޯލްގެތެރެއަށް ފޮނުވާލައިގެން ޖާއޯ ޕެޑްރޯއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕެޑްރޯ ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ޓީމުގެ ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ. މިމެޗުން ހޯދި މޮޅާއެކު ދެމެޗުން ތިން ޕޮއިންޓް ހޯދާ ޓިމޯ ލެސްޓޭ އޮތީ ގްރޫޕްގެ ތިންވަނާގައެވެ. ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ގުރޫޕްގެ ފުލުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
