
(ފޮޓޯ ކްރެޑިޓްސް: އިންޑިޢާ ކޯސްޓް ގާޑް)
އިންޑިޔާގެ ކެރަލާގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ސިންގަޕޫރުގެ ދިދަ ޖެހި އާގުބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ އެމްވީ ‘ވޮން ހައި 503’ގެ ނަން ދީފައިވާ އާގުބޯޓެއްގައެވެ. އެ އުޅަނދުގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައިވާއިރު، އޭގައި ތިބި 22 ފަޅުވެރިންގެ ތެރެއިން ހަތަރު މީހަކު ވަނީ ގެއްލިފައެވެ. އިންޑިޔާގެ ދިފާޢީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ އާގުބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން 18 މީހުން ސަލާމަތް ކޮށްފައިވާ ކަމުގައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ ހަތަރު މީހުން ހޯދައި، ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އެ އުޅަނދުގައި ނުރައްކާތެރި މުދާތަކެއް އުފުލަމުން ދަނިކޮށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އެމްވީ ވޮން ހައި 503ގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައި ވަނީ ކެރަލާގެ ކަންނޫރް ޑިސްޓްރިކްޓުގެ ބަނދަރުމަތީ ރަށް، އަޖޭކާލްގެ ރަށް ބޭރުން 44 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް، އިންޑިޔާ ގަޑިން ހެނދުނު 9:20ހާއިރެވެ. އެއީ، ކޯޗީގެ ހުޅަނގުއުތުރުން 130 ނޯޓިކަލް މޭލު ދުރެވެ. މި ހާދިސާ ހިނގާފައި ވަނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރުން ފުރައިގެން އިންޑިޔާގެ މުމްބާއީގެ ބަނދަރުމަތީ ރަށް ނޫހަވާ ޝޭވާއަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައެވެ. އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން 18 މީހުން ސަލާމަތް ކޮށްފައި ވަނީ އިންޑިޔާގެ ކޯސްޓުގާޑާއި ކަނޑުގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ މީހުން އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދު، އައިއެންއެސް ސޫރަތުގައި މަންގަލޫރު ބަނދަރަށް ގެންގޮސްފައިވާ ކަމުގައި އިންޑިޔާގެ ދިފާޢީ ދާއިރާގެ މަޞްދަރުތަކުން ބުންޏެވެ.
“އަލިފާންގަނޑު ވަރަށް ހަލުވިކޮށް އުޅަނދުގެ މެދަށް ފެތުރިގެން ދިޔަ، މިހާރު އެ އުޅަނދު ދަނީ އޮޔާ. މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު، އޭގައި ހުރި 10އާއި 15އާ ދެމެދު އަދަދެއްގެ ކޮންޓެއިނަރު ވަނީ ކަނޑަށް ވެއްޓިފައި،” އިންޑިޔާގެ ކޯސްޓްގާޑުން ހާމަކުރިއެވެ. އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ އަށް ރައްޔިތުންނާއި، ތައިވާނުގެ ހަ މީހުންނާއި، މިޔަންމާގެ ފަސް މީހަކާއި އިންޑޮނީޝިޔާގެ ތިން ރައްޔިތުންނެވެ. “ބާރުގަދަ ގޮވުމެއް ގޮވުމާ އެކު އުޅަނދުގައި ތިބި ފަޅުވެރިން ވަނީ އުޅަނދު ދޫކޮށްލާފައި. އޭގެ ތެރެއިން 18 މީހުން ސަލާމަތް ކުރެވިފައިވާއިރު، ހަތަރު މީހުން އަދިވެސް ނުފެނޭ. އެ މީހުން ހޯދައި ސަލާމަތް ކުރުމަށް ހިނގަމުންދާ ޚާއްޞަ އޮޕަރޭޝަން ދަނީ ކުރިއަށް،” އިންޑިޔާގެ ކޯސްޓްގާޑުން ބުންޏެވެ.
ގެއްލިފައިވާ ހަތަރު މީހުން ހޯދުމަށް އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ ޑޯނިޔަރ މަތިންދާބޯޓުތައް ބޭނުން ކުރަމުންނެވެ. އަދި، ކޯސްޓްގާޑުން ވަނީ، ކަނޑަށް ނުރައްކާތެރި ކެމިކަލެއް އެޅިދާނެ ކަމުގެ ފުރުޞަތު އޮތުމާ އެކު، އެ ފަދަ ތަކެތި ސާފު ކުރުމަށް ޚާއްޞަ ކޮށްފައިވާ އުޅަނދުފަހަރު އެ ސަރަޙައްދަށް ފޮނުވާފައެވެ. އޭފެ ތެރޭގައި އަލިފާން ނިއްވުމަށް ޚާއްޞަ ކޮށްފައިވާ އުޅަނދުތައް ވެސް ހިމެނެއެވެ. “އެ އުޅަނދުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިއްވައިލެވިފައެއް ނުވޭ، އެއިން ދަނީ ބޯ ދުން އަރަމުން. އަދި، އަލިފާންގަނޑު ފެތުރި އިތުރު ގޮވުންތައް ގޮވުމާއި އުޅަނދުގެ މައިގަނޑަށް ގެއްލުން ލިބުމުގެ ފުރުޞަތު ބޮޑު. އެ ސަރަޙައްދުން ދަތުރު ކުރާ އެހެން އުޅަނދުފަހަރު މި ކަމަށް ސަމާލުވެ، އެ ސަރަޙައްދާ ކައިރިނުވުމަށް އިލްތިމާސް ކުރަން،” އިންޑިޔާގެ ކޯސްޓްގާޑުން ބުންޏެވެ.
އަޖޭކާލް ބަނދަރުގެ އޮފިޝަލުން ބުނީ، އެ އުޅަނދުގައި ބަރުކޮށްފައި ހުރީ އަލިފާން ހިފާ ޒާތުގެ ނުރައްކާތެރި މުދާތަކެއް ކަމުގައެވެ. އަދި، ނުރައްކާތެރި ކެމިކަލްތަކެއް ހުރި ކަމުގައި ވެސް އެ އޮފިޝަލުން ބުންޏެވެ. މިއީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކެރަލާގެ އައްސޭރިފަށުގައި ހިނގާފައިވާ މި ފަދަ ދެވަނަ ހާދިސާއެވެ. މޭ 24ވަނަ ދުވަހު ހިނގި މި ފަދަ އެހެން ހާދިސާއެއްގައި ލައިބީރިޔާގެ ދިދަ ޖެހި އާގުބޯޓެއް ކަމުގައިވާ އެމްއެސްސީ އެލްސާ-3 ވަނީ ފެތިފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ކެރަލާގެ ރަށްބޭރުން 14.6 ނޯޓިކަލް މޭލު ދުރުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
