
ސައުދީ އަރަބިއާގެ އަލް ހިލާލްއިން 100 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ހުށަހެޅުމުން ވެސް ޒައިނުއްދީން ޒިދާން އެކަން ގަބޫލު ނުކޮށްފި އެވެ. ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދައިން ތާރީހީ ކޯޗަކީ ޒިދާނެވެ. މިއީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގައި މިހާތަނަށް އެހެން ކޯޗަކަށް ކުރެވުނު ކަމެއް ވެސް ނޫނެވެ. މިހެންވެ އޭނާ އަށް އިނގިރޭސި، ޖަރުމަނު އަދި ފްރާންސްގެ ބޮޑެތި ކުލަބުތަކުން އަބަދުވެސް ޝައުގުވެރިވެ އެވެ. ނަމަވެސް ރެއާލް މެޑްރިޑް ނޫން ޔޫރަޕުގެ އެއްވެސް ޓީމަކަށް ޒިދާނަށް އަދި ކޯޗުކޮށްނުދެ އެވެ. ގިނަ ބަޔަކު ބުނަނީ އަލް ހިލާލްގެ އޮފާ އޭނާ ދޫކޮށްލީ ފްރާންސްގެ ގައުމީ ކޯޗުކަމަށް އޮތް ޝައުގު ބޮޑު ކަމުން ކަމަށެވެ. އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ފްރާންސްގެ ކޯޗުކަމުން ޑިޑިއެ ޑެޝޯން ވަކިވާނެ އެވެ. އަދި އޭނާ އަށް ފަހު އެ މަގާމު ދިނުން އެންމެ ގާތް މީހަކީ ވެސް ޒިދާނެވެ.
އަލް ހިލާލްގެ އޮފާ މާލީ ގޮތުން ކިތަންމެ ފައްކާވި ނަމަވެސް ޒިދާން އެ ވަޒީފާ ގަބޫލ ނުކުރީ ފްރާންސްގެ ފެޑަރޭޝަނަށް އޭނާ އަށް ގައުމީ ކޯޗުކަން ދިނުމަށް އިތުރު ތުރާތަކެއް ނުޖެއްސުމަށެވެ. އެހެން ޓީމެއްގެ ކޯޗަކަށް ހުރެފިނަމަ ފްރާންސްގެ ފެޑަރޭޝަނަށް ޖެހޭނީ ޒިދާންގެ ކޮންޓްރެކްޓް ގަންނާށެވެ. ފަހަރުގައި މިއީ ފަރާންސްގެ ފެޑަރޭޝަނުން ނުކޮށްފާނެ ކަމެކެވެ. ޒިދާން އެއްވެސް ޓީމަކަށް ހަވާލުވެ ހިމޭނުން އެ ހުންނަނީ މިހެންވެ އެވެ. އޭނާ އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދޭން ފައިނަލް މެޗުގައި ބްރެޒިލް ކޮޅަށް ދެ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭގެ ފަހުން 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް 2006ގެ ވޯލްޑްކަޕް ފައިނަލަށް ފްރާންސް ދަތުރު ކުރީ ޒިދާންގެ ކެޕްޓަން ކަމުގަ އެވެ.
އުމުރުން 52 އަހަރުގެ ޒިދާން ވަނީ ފްރާންސްގެ ބޯޑޯ އާއި އިޓަލީގެ ޔުވެންޓަސް އަދި ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް އަށް ބަދަލުވި ޒިދާން ވަނީ ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
