
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ހ. ފެންޓެނޯއީ ގޭގެ މަތިން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޛިލާލްގެ މައްޗަށް އެކަށީގެންވާ ސަބަބެއް ނެތި އެހީނުވުމުގެ ކުށުގެ ދައުވާކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޒަޚަމްތަކަކާއެކު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ އަންހެން މީހާގެ މައްސަލައިގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް މިމަހުގެ 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ރައުދުގެ މައްޗަށް ދައުވާ ކުރަނީ އެޕްރީލް 18 ވަނަ ދުވަހު ފަތިހު 04:54 އެހާކަށްހައިއިރު ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުގެ ވިދާޅުވެއެވެ. ރައުދުގެ މައްޗަށް މިމައްސަލާގައި ކުރި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ހ. މިޓާޒް ގޭގެ މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި، ގިނަ ތުހުމަތުތަކެއް އެކި ފަރާތްތަކަށް ކުރެވުނު ނަމަވެސް، އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަން ސީސީޓީވީ ފުޓޭޖު މެދުވެރިކޮށް ފުލުހުން ވަނީ ޔަޤީންވެސް ކޮށްދީފައެވެ. މިމައްސަލައިގައި އަނިޔާވި ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވާއިރު، އޭނާގެ ބަޔާން ނެގުމަށް ފުލުހުން އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އާއިލާގެ އެއްބާރުލުން ނުލިބުމުން ބަޔާން ނުނެގިވާތީ އެކަމުގައި މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދަން ފުލުހުން ވަނީ ނިންމާފައެވެ.
މިމައްސަލަ ބެލުމުގައި އެއްވެސް އިދާރާއަކަށް އެއްވެސް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. އެ ކޮމިޝަނުން ދަނީ މައްސަލައާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގާ ކަންހިނގާފައިވާ ގޮތް ގާތުން ބަލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
